English Edition
Dhivehi Edition
ޕީޕީއެމް-ޕީއެންސީ ސެނެޓް ބައްދަލުވުން/ފޮޓޯ ޕީއެންސީ

ސިޔާސީ ޕާޓީތަކުގެ ދަފްތަރުގައި 9 ސިޔާސީ ޕާޓީއެއް ރަޖިސްޓަރީ ކޮށްފައިވާއިރު، އެ ޕާޓީތަކުގައި މެންބަރުން ތިބި އަދަދު އީސީން އާންމުކޮށްފިއެވެ.

އީސީން އާންމުކޮށްފައިވާ މައުލޫމާތަށް ބަލާއިރު މިވަގުތު ރާއްޖޭގައި އެންމެ މެންބަރުން ގިނަ ޕާޓީއަކީ ވެރިކަންކުރާ ޕީއެންސީއެވެ.

ޑިސެންބަރު 31 ގެ ނިޔަލަށް ސިޔާސީ ޕާޓީތަކުގައި ތިބި މެންބަރުންގެ އަދަދުތައް

  1. ޕީޕަލްސް ނެޝަނަލް ކޮންގްރެސް: 74,048
  2. ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ: 43,784
  3. ޖުމްހޫރީ ޕާޓީ: 12,343
  4. މޯލްޑިވްސް ޑިވެލޮޕްމަންޓް އެލަޔަންސް: 9,686
  5. ޢަދާލަތު ޕާޓީ: 8,267
  6. މޯލްޑިވްސް ނެޝަނަލް ޕާޓީ: 5,133
  7. ޕީޕަލްސް ނޭޝަނަލް ފްރަންޓް: 3,012
  8. ދަ ޑިމޮކްރެޓްސް: 2,952
  9. މޯލްޑިވްސް ލޭބާ އެންޑް ސޯޝަލް ޑިމޮކްރަޓިކް ޕާޓީ: 1,710

އީސީން އާންމުކޮށްފައިވާ ތަފާސް ހިސާބުތަކަށް ބަލާއިރު ފާއިތުވި ހަ މަސް ދުވަހުގެ ތެރޭގައި ޕީއެންސީގެ އިތުރުން އިދިކޮޅު މައި ޕާޓީ އެމްޑީޕީ އާއި އެމްޑީއޭގެ މެންބަރުންގެ އަދަދު ވަނީ އިތުރުވެފައެވެ.