މި އަހަރު ރާއްޖެ އައި ފުރަތަމަ ފަތުރުވެރިޔާއަށް، މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ (އެމްއޭސީއެލް)އިން މިއަދު މަރުހަބާ ކިޔައިފިއެވެ.
އެމްއޭސީއެލްއިން ބުނި ގޮތުގައި، މި އަހަރުގެ ފުރަތަމަ ފަސިންޖަރުގެ ލަގަބު ހޯދައިފައިވަނީ އެތިހާދު އެއާވޭސްއިން ރާއްޖެ އައި ޖަރުމަންގެ ރައްޔިތެއް ކަމަށްވާ ތޯމަސް އެންޑްރޫ ހެލްވެގާއެވެ. އެ ފަތުރުވެރިޔާ ރާއްޖެ އައިސްފައިވަނީ އަންހެނުންނާއެކު ކަމަށްވާއިރު، މިއީ އެ ދެމަފިރިން ރާއްޖެ އައި ފުރަތަމަ ފަހަރު ކަމަށް އެ ކުންފުނިން ވަނީ ބުނެފައެވެ.
ތޯމަސްއަށް މަރުހަބާ ކިޔުމުގެ ގޮތުން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓްގެ އެރައިވަލް އޭރިއާގައި ހާއްސަ ހަފްލާއެއް ބާއްވާފައިވާއިރު މަސްއަށް އެމްއޭސީއެލްގެ ފަރާތުން މަރުހަބާ ވިދާޅުވީ ޕެސެންޖާ ސާވިސަސްގެ ޑެޕިއުޓީ ޗީފް އޮފިސަރު އަލީ މުސްތާގުއެވެ.
މި ހަފުލާގައި ތޯމަސްއަށް އެމްއޭސީއެލްގެ ފަރާތުން ވަނީ ހާއްސަ ހަދިޔާއެއް ދީފައެވެ.