English Edition
Dhivehi Edition
ފޮޓޯ: ފުލުހުން

ރ. ދުވާފަރުގައި ހިންގި މަސްތުވާތަކެތީގެ އޮޕަރޭޝަނެއްގައި ފަސް މީހުން ހައްޔަރުކޮށްފިއެވެ.

ފުލުހުން ބުނީ ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން ޑިސެމްބަރު 19 ވަނަ ދުވަހު މި އޮޕަރޭޝަން ހިންގާފައިވަނީ ދުވާފަރު ފުލުހުންނާއި ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސް ގުޅިގެން ކަމަށެވެ. މި އޮޕަރޭޝަންގައި، ދޯންޏެއް ބަލައިފާސްކުރިއިރު މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި ދެ ރަބަރު ޕެކެޓު ފެނިފައިވާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ

  • މުޙައްމަދު ޝައްފާން (29އ) ރ. ދުވާފަރު / ލިލީމާގެ،
  • އަހްމަދު އާސިމް (38އ) ރ. ދުވާފަރު / ސައިޑްރިވަރ،
  • އަޙްމަދު ސާއިފް އަބްދުއްޝުކޫރު (28އ) ރ. ދުވާފަރު / ޗަމްޕާގެ،
  • ސިޔާމް މުހައްމަދު (34އ) ރ. އުނގޫފާރު / ލުނބޯގަސްދޮށުގެ
  • މުހައްމަދު ސައީދު (43 އ) ޅ. ނައިފަރު / ސަބީނާ،

މި މައްސަލައާ ގުޅިގެން ހައްޔަރުކުރި މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން މީހުންގެ ތެރެއިން އަހްމަދު އާސމް 10 ދުވަހަށް އަދި ދެންތިބި ހަތަރު މީހުން ވެސް ފަސް ދުވަހަށް ބަންދުކުރުމަށް އަމުރުކޮށްފައިވާކަމަށް ފުލުހުން ވަނީ ބުނެފައެވެ.

މި މައްސަލަ ފުލުހުން ގެންދަނީ ތަހުގީގުކުރަމުންނެވެ.