English Edition
Dhivehi Edition
އަލީ އިހްސާން ފޮޓޯ: މިނިސްޓްރީ

އަންނަ އަހަރުގެ ތެރޭގައި ޑިޖިޓަލް އައިޑީއާއެކު ސްމާޓު އަޑީކާޑު ތައާރަފްކުރާނެ ކަމަށް ހޯމް މިނިސްޓަރު އަލީ އިޙްސާން ވިދާޅުވެއްޖެއެވެ.

މިނިސްޓްރީން ކުރަމުންދާ މުހިންމު މަސައްކަތްތަކުގެ އެންމެ ފަހުގެ މައުލޫމާތު ނޫސްވެރިންނާ ހިއްސާކުރައްވަމުން އިހްސާން ވިދާޅުވީ އަންނަ އަހަރުގެ ތެރޭގައި ޑިޖިޓަލް އައިޑީއާއެކުގަ ސްމާޓު އަޑީކާޑެއްގެ ޒަރިއްޔާއިން ރައްޔިތުންނަށް ހިދުމަތްތަކެއް ފޯރުކޮށްދެއްވާނެ ކަމަށެވެ.

މި ވަގުތަށް ބަލާއިރު ދެލައްކަ ހަތްދިހަ ދެހާސް، އުމުރުން 10 އަހަރަށް ވުރެ ގިނަ ދިވެހިން ވަނީ އަޅުގަނޑުމެންގެ ޑިޖިޓަލް އައިޑީ ނިޒާމުގެ ތެރެއަށް ގެނެވިފަ. އެއީ ރާއްޖޭގެ އެ އާބާދީގެ 80 އިންސައްތަ. އަޅުގަނޑު ހަމަ ފާހަގަކޮށްލާނަން ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބާއި ގުޅިގެން ހަމަ ފާހަގަކުރެވޭ ޑިޖިޓަލް އައިޑީގެ ނިޒާމުގެ ތެރެއަށް ވަންނަ ތަން. އަދި އެ ނިޒާމުގެ ތެރެއަށް ވަދެ އެ ބޭނުންކުރެވިގެން ސަަރުކާރުގެ އެކިއެކި އިދާރާތަކުން ދޭ ޚިދުމަތްތައް ފުޅާ ދާއިރާއެއްގަ އެ ބޭފުޅުންނަށް ބޭނުންކުރުމުގެ އެކްސެސް މިހާރު ލިބޭނެ. މިނިސްޓަރު ވިދާޅުވިއެވެ.

މީގެ އިތުރުން މިނިސްޓަރު ވިދާޅުވީ ވަން ގަވްގެ ނިޒާމުގެ ތެރެއަށް ސަރުކާރުގެ 17 އިދާރާއެއް މިދިޔަ ދެ އަހަރު ދުވަހުގެ ތެރޭގައި ޑިޖިޓަލައިޒްވެއްޖެ ކަމަށެވެ. ޑޭޓާ އެކްސްޖޭންޖް ލޭޔާގެ މަސައްކަތްތަކާ ގުޅޭ މިނިސްޓަރު ވިދާޅުވީ މި މަސައްކަތުގެ ސަބަބުން ދަލަތުގެ އެކި އިދާރާތައް ވަކިވަކިން ސިސްޓަމްތަކެއް ހަދައިގެން އޮޕަރޭޓް ކުރާ ކުރުން ނިމުމަކަށް އަންނާނެ ކަމަށެވެ.