English Edition
Dhivehi Edition

ޑީސީ ސްޕޯޓްސް ޕީއެސް4 މުބާރާތުގެެ ސެމީ ފައިނަލްއިން ހަތަރު ބައިވެރިއަކު ޖާގަ ހޯދާއިފިއެވެ. މަރަދޫ ޑީސީ ސްޕޯޓްސްއިން އިންތިޒާމް ކޮށްގެން ބާއްވާ ޕީއެސް4 މުބާރާތުގެ ކުއާޓާފައިނަލްގެ މެޗުތަށް ކާމިޔާބުކޮށް ހަތަރު ބައިވެރިއަކު ސެމީފައިންއިން ޖާގަ ހޯދާއިފިއެވެ. ޑީސީ ސްޕޯޓްސް ޕީއެސް4 2017 ވަނަ އަހަރުގެ ސެމީފައިނަލްއަށް ދަތުރުކޮށްފައިވަނީ ހަސަން މުފީދު(އިންޑާ)،އަލީ އަބާން(ކުމާއު)،ހަސަން މުސްލިޙް އަދި އަފްސަޙް ޝަފީއުއެވެ. އިއްޔެ ހަވީރު ޑީސީ ސްޕޯޓްސް އެރީނާގައި ކުޅެވުނު ކުއާޓާފައިނަލްގެ ފުރަތަމަ މެޗުގައި އިންޑާ އާއި ސާޖިދު ކުޅުނު މެޗު އިންޑާ ކާމިޔާބުކޮށްފައި ވަނީ މެޗުގެ ފުރިހަމަ ވަގުތު ހަމަވިއިރު ދެ ޓީމްވެސް 2-2 ލަނޑުން އެއްވަރު ވުމުން ޕެނަލްޓީގައި ސާޖިދު ގެ މައްޗައް 3-2 ލަނޑުން މެޗު ކާމިޔާބުކޮށް ގެންނެވެ.އަދި ދެވަނަ މެޗުގައި އުސާއިދު އާއި މުސްލިޙް ބައްދަލުކުރި މެޗުވެސް ވަނީ 0-0 ލަނޑުން އެއްވަރުވެފައެވެ.މިހެން ކަމުން ނަތީޖާ ނެރުމެއަށް ޖެހި ޕެނަލްޓީގައި މުސްލިޙް ވަނީ އުސައިދު 3-1 ލަނޑުން ބަލިކޮށް ސެމީފައިނަލްގެ ޖާގައެއް ކަށަވަރުކޮށްފައެވެ. ދެން ކުއާޓާގައި ވާދަ ކޮށްފައި ވަނީ އަބާންއަދި ވިޝާންއެވެ.މި މެޗު 1-0 ލަނޑުން ކާމިޔާބުކޮށްފައި ވަނީ އަބާންއެވެ.މި ނަތީޖާ ދައްކާ ގޮތުން ސެމީގެ ތިންވަނަ ޖާގަ ކަށަވަރު ކޮށްފައިވަނީ އަބާންއެވެ. މިއަދުވެސް މިމުބާރާތުގެ ސެމީ ފައިނަލްގެ ދެ މެޗު ކުޅުމައް ހަމަޖެހިފައިވެއެވެ.މިގޮތުން ގުރޫޕް ސެމީފައިނަލް ފުރަތަމަ މެޗުގައި އަބާން އާއި އަފްސަހް ބައްދަލު ކުރާއިރު ދެވެނަ މެޗުގައި ބައްދަލު ކުރާނީ މުސްލިޙް އަދި ހަަސަން މުފީއީދުއެވެ. ޑީސީ ސްޕޯޓްސް ޕީއސް4 މުބާރާތުގެ ފައިނަލް ކުޅުމައް ހަމަޖެހިފައިވަނީ 23 ޖޫން 2017 ވާ ހުކުރު ދުވަހުއެވެ.ޑީސީ ސްޕޯޓްސް 2017ގެ މެއިންސް ޕޮންސަރަކީ އައިޓީ ކެއާއެވެ.އަދި ކޯ ސްޕޮންސަރަކީ އީހަބްއެވެ.