ޕީއެސްއެމްގެ މެނޭޖިން ޑިރެކްޓަރުގެ މަގާމުން މިދިޔަ ހަފުތާގައި އިސްތިއުފާ ދެއްވި އިބްރާހިމް ނަސްރީން، ޔޫތު މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރަކަށް އައްޔަންކުރައްވައިފިއެވެ.
ޕީއެސްއެމްގެ އެމްޑީގެ މަގާމުގައި ހޭދަކުރެއްވުމަށް ފަހު، ނަސްރީން އިސްތިއުފާ ދެއްވީ މިދިޔަ ހޮނިހިރު ދުވަހެވެ.
ނަސްރީން ވަނީ އިނޮވޭޝަންގެ ދާއިރާއިން މަތީ ތައުލީމު ހާސިލުކުރައްވާފައެވެ. ޕީއެސްއެމް އަށް 9 އަހަރަށްވުރެ ގިނަ ދުވަހު ހިދުމަތް ކުރައްވާފައިވާފައިވާ ނަސްރީން ވަނީ އެ ކުންފުނީގެ ޗީފް ކޮމާޝަލް އޮފިސަރުކަމާއި އީ-ކޮމާސްގެ ޑިރެކްޓަރުގެ މަގާމު ވެސް ފުރުއްވައިފައެވެ.
ޔޫތު މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރުންގެ ގޮތުގައި މިހާރުވެސް ހަތަރު ބޭފުޅަކު ތިއްބަވާއިރު ޑެޕިއުޓީ މިނިސްޓަރެއްގެ މުސާރަ އަކީ 20،500 ރުފިޔާއެވެ. މީގެ އިތުރުން 15،500 ރުފިޔާގެ އެލަވަންސާއެކު، ޑެޕިއުޓީ މިނިސްޓަރަކަށް މަހެއްގެ މައްޗަށް 35،500ރ. ލިބިވަޑައިގަންނަވާނެއެވެ.