English Edition
Dhivehi Edition
ޝިބާ ރަޝީދު

ހުޅުމާލެއިން ގެއްލިގެން ހޯދަމުންދިޔަ 14 އަހަރުގެ އަންހެން ކުއްޖާ ފެނިފައިވާ ކަމަށް ފުލުހުން ބުނެފިއެވެ.

ފުލުހުން ބުނީ ގެއްލިގެން ހޯދަމުންދިޔައީ ސިކްސް ސެންސް ރ. ދުވާފަރު، ޝިބާ ރަޝީދު ރޭގެ ވަގުތެއްގައި އަމިއްލައަށް ގެއަށް އައިސްފައިވާކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށެވެ. އަދި ކުއްޖާގެ ހާލު ރަނގަޅު ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

ޝިބާ ގެއްލިގެން ހޯދަމުންދާކަން ފުލުހުން އިއުލާނުކޮށްފައިވަނީ އިއްޔެއެވެ. ފުލުހުން ބުނީ މިދިޔަ ހުކުރު ދުވަހު ފަތިހު 05:55 އެހާކަންހާއިރު ޝިބާ ގެއިން ނުކުމެގެން ދިޔަގޮތަށް ވީނުވީއެއް ނޭނގި ގެއްލިފައިވާކަމަށް އާއިލާގެ ފަރާތުން ހަމަ އެ ދުވަހު ރިޕޯޓުކޮށްފަައިވާ ކަމަށެވެ.

ފަހަކަށް އައިސް ރާއްޖޭގައި ކުޑަކުދިން ‘ވީނުވީ’އެއް ނޭގި ގެއްލޭ މައްސަލަ އަންނަނީ އިތުރުވަމުންނެވެ.