އުރީދޫ މޯލްޑިވްސް އިން ބޭނުންކުރަމުންދާ އީކޭވައިސީ (އިލެކްޓްރޯނިކް ނޯ ޔުއާ ކަސްޓަމާ) ސޮލިއުޝަން ގަތަރުގެ ދޯހާގައި ކުރިއަށްދާ މޮބައިލް ވޯލްޑް ކޮންގްރެސްގައި ދައްކާލައިފިއެވެ.
އުރީދޫގެ ޑިޖިޓަލް ސިމް އެކްޓިވޭޝަން ޗެނަލްތަކުގައި މިހާރު ބޭނުން ކުރަމުން އަންނަ މި ސިސްޓަމަކީ ޑިޖިޓަލް ހިދުމަތްތަކުގެ އިތުރަށް ފުރިހަމަކުރުމަށް އޭއައި ބޭނުންކޮށްގެން ފަރުމާކޮށްފައިވާ އިންޑަސްޓްރީ ލީޑިން ސްޕީޑް އަދި ފްރޯޑް ރެސިސްޓެންޓް އައިޑެންޓިޓީ ވެރިފިކޭޝަން ބޭނުންކުރާ ސޮލިއުޝަންއެކެވެ.މި ސިސްޓަމް މެދުވެރިކޮށް އައިޑީ މައުލޫމާތު ނަގައި، ލައިވްނެސް ޗެކްކޮށް، ފޭޝަލް އައިޑެންޓިޓީއާ އެއްގޮތްކޮށް، އޮޓޮމެޓިކުން ސިމް އެކްޓިވޭޓް ކުރުމުގެ ފުރުސަތު ލިބި، މީގެ ކުރިން މި ޕްރޮސެސް ކުރިއަށް ދިޔަގޮތާ އަޅާ ބަލާއިރު ކަސްޓަމަރުންގެ ތަޖުރިބާ ފަސޭހަކޮށްދެވޭނެކަމަށް އުރީދޫ އިން ވަނީ ބުނެފައެވެ.
ދިވެހި ރާއްޖެއަކީ ފަތުރުވެރިކަމުގެ އެންމެ މަގުބޫލު މަންޒިލެވެ. ގުދުރަތީ ރީތިކަމާ އެއްވަރަށް ދުނިޔޭގެ ފެންވަރުގެ ޑިޖިޓަލް ތަޖުރިބާތައް ރާއްޖޭގެ ރައްޔިތުންނަށާއި ފަތުރުވެރިންނަށް ފޯރުކޮށްދޭން އެބަޖެހޭ. އަޅުގަނޑުމެންގެ މިޝަންގެ އެންމެ މުހިންމު އެއް ކަމަކީ ކޮންމެ ފަތުރުވެރިއަށާއި ދިވެހި ރައްޔިތުންނަށް އަވަސް، އިތުބާރު ހިފޭ ކަނެކްޓިވިޓީ އަދި ސްމާޓް ޑިޖިޓަލް ސޮލިއުޝަންތައް ފޯރުކޮށްދިނުން.” ހާލިދު އަލް ހަމާދީ،
މީގެ އިތުރުން ވެސް ކެމެރާ ބޭނުންކޮށްގެން އައިޑީ އަދި ސެލްފީ ނެގުމާއި އޭއައި އޯސީއާރު ބޭނުންކޮށްގެން މައުލޫމާތު އެކްސްޓްރެކްޓް ކުރުމާއި ވެލިޑޭޓް ކުރުމާއި އެޑްވާންސްޑް ލައިވްނެސް އަދި އެންޓި-ސްޕޫފިން ޗެކް ކުރުމުގެ އިތުރުން ފޭސް ޓު އައިޑީ މެޗުކުރުން އާއި ޑޭޓާބޭސް ޗެކްކުރުން ވެސް ހިމެނެއެވެ. އަދި ހަމަ އެހެންމެ ކޮންފިޑެންސް ތްރެޝްހޯލްޑް އެޕްރޫވަލް ލިބުމާއެކު ވަގުތުން ސިމް އެކްޓިވޭޓް ކުރުމާއި ސިކުންތުގެ ތެރޭގައި ނިންމާލެވޭ މި ޕްރޮސެސް އާއެކު ކަސްޓަމަރުންނަށް ފުރިހަމަ ޑިޖިޓަލް، ޕޭޕާލެސް އަދި ސީމްލެސް އޮންބޯޑިން އެކްސްޕީރިއަންސް އެއް ލިބިގެންދާނެ ކަމަށް އުރީދޫއިން ބުނެއެވެ.