English Edition
Dhivehi Edition
ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި އާންމު މަސައްކަތްތަކާ ބެހޭ ވަޒީރު އާދަމް ޝަރީފް

ފާއިތުވެ ދިޔަ ދެ އަހަރަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރަށާއި، ސިޓީސް މިނިސްޓްރީއަށް ކާމިޔާބު ދެ އަހަރު ކަމަށް މިނިސްޓަރ އޮފް ސިޓީސް، ލޯކަލް ގަވަރމަންޓް އެންޑް ޕަބްލިކް ވަރކްސް އާދަމް ޝަރީފު އުމަރު ވިދާޅުވެއްޖެއެވެ.

މިނިސްޓަރ އާދަމް ޝަރީފު ޢުމަރު މިހެން ވިދާޅުވީ، މިނިސްޓްރީގެ އަހަރީ ދުވަސް ފާހަގަކުރުމާއި “އަހަރީ ދުވެލި” ފޮތް ނެރުމަށް މިއަދު ހެނދުނު މިނިސްޓްރީގެ ކުޅިވަރު ފެންޑާއި ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުންނެވެ.

މި ރަސްމިއްޔާތުގައި މިނިސްޓަރު ވިދާޅުވީ ސިޓީސް މިނިސްޓްރީގެ ކާމިޔާބުގެ ހަގީގީ ސިއްރަކީ މިނިސްޓްރީގައި މަސައްކަތްކުރަައްވާ މުވައްޒަފުންގެ ޤާބިލުކަން ކަމަށް ވިދާޅުވެ، ކޮންޓްރެކްޓަރ ފައިނޭންސް އުޞޫލުން ކައުންސިލުތައް އެޅުމަށް ހިންގާ ކާމިޔާބު މަޝްރޫޢުގެ ކޮންސެޕްޓް ހުރިހައި މަސައްކަތަކީ މިނިސްޓްރީގެ މުވައްޒަފުންގެ މަސައްކަތްކަމަށް ވިދާޅުވިއެވެ.

މިނިސްޓްރީގެ އަހަރީ ދުވަސް ފާހަގަކުރުމާއި، “އަހަރީ ދުވެލި” ފޮތް ނެރުމަށް ބޭއްވި މި ރަސްމިއްޔާތުގައި މުވައްޒަފުންގެ ޝުޢޫރު ފާޅުކުމާއި، އަހަރީ ކޭކު ފެޅުމުގެ އިތުރުން ފާއިތުވެ ދިޔަ ދެ އަހަރު، ސިޓީސް މިނިސްޓްރީން ކާމިޔާބު ކަމާއެކު ކުރެވުނު ކަންތައްތަކުގެ މައްޗަށް ބަލައިލާ ތައްޔާރުކޮށްފައިވާ ވީޑިއޯ ރިޕޯޓެއް ހުށަހަޅައިފައި ވެއެވެ.