އެމްޕީއެލްގެ ބެލުމުގައި ދަށުގައި ބަހައްޓާފައިހުރި 2 ކޮންޓެއިނާގެ ސިނގިރޭޓް ހުޅުމާލޭ ޕޯޓުން ގެއްލުނު މައްސަލައިގެ ތަހުގީގުގެ ތެރެއިން އިތުރު މީހަކު ހައްޔަރުކޮށްފިއެވެ.
ފުލުހުން މިއަދު ބުނީ އެ މައްސަލައިގެ ތުހުމަތުގައި 10 ވަނަ މީހަކު ހައްޔަރު ކުރީ މިދިޔަ ބުދަ ދުވަހު ކަމަށެވެ. އެ މައްސަލައިގެ ތުހުމަތުގައި ހައްޔަރު ކުރީ ބަންގްލަދޭޝްއަށް ނިސްބަތްވާ މުހައްމަދު އަލަމިން މިއާ، 36، އެވެ. އޭނާ ހައްޔަރުކޮށް ބަންދާ މެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރު ކުރުމުން ޝަރީއަތް ނިމެންދެން ބަންދު ކުރުމަށް އަމުރުކޮށްފައިވާކަމަށް ފުލުހުން ވަނީ ބުނެފައެވެ.
މިއަހަރުގެ އެޕްރީލް މަހުގެ 26 ވަނަ ދުވަހު މޯލްޑިވްސް ކަސްޓަމްސް ސަރވިސްއިން ހިފަހައްޓާފައި ހުރި 2 ކޮންޓެއިނަރުގެ ސިނގިރޭޓް ހުޅުމާލޭގައި ހުންނަ މޯލްޑިވްސް ޕޯޓްސް ލިމިޓެޑްގެ ޓަރމިނަލުގައި ބަހައްޓާފައި ހުއްޓާ ވަގަށް ނަގާފައިވާ މައްސަލައާ ގުޅިގެން ޖުމްލަ 10 މީހަކު ވަނީ މިހާރު ހައްޔަރުކޮށްފައެވެ.
މި މައްސަލައިގައި ހައްޔަރުކޮށްފައިވަނީ