English Edition
Dhivehi Edition
ފޯޓޯ ފުލުހުން

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ޑޮލަރު ފޭރުނު މައްސަލައިގައި އިތުރު ތިން މީހަކު ހައްޔަރުކޮށް، ހަތަރު މީހަކު ފުރުން މަނާކޮށްފިއެވެ.

ފުލުހުން ބުނީ މިދިޔަ މަހުގެ 27 ވަނަ ދުވަހުގެ ރޭ ފަތިހު ހިންގި ފޭރުމުގެ އަމަލާ ގުޅިގެން އިތުރު ތިން މީހަކު ހައްޔަރުކޮށްފައިވާ ކަމަށެވެ. ފުލުހުން ހައްޔަރުކޮށްފައިވަނީ:

  • އަބްދުލްއައްވަލް އިބްރާހިމް އަބޫބަކުރު، (27އ) ގއ. ވިލިނގިލި، ބިނާ
  • އަހުމަދު މާހިދު، (44އ) ތ. ވިލުފުށި، އެހީވާގެ
  • އަލީ އަފްޒަލް، (21އ) ސ. ހިތަދޫ، ވަށަގުލިމާގެ

ފުލުހުން ބުނީ މި ތިން މީހުންގެ ތެރެއިން އަބްދުލްއައްވަލް ހައްޔަރުކުރީ މިދިޔަ ހަފުތާގެ އާދިއްތަ ދުވަހު ކަމަށެވެ. އަދި މާހިދު ހައްޔަރުކުރީ މިދިޔަ އަންގާރަ ދުވަހު ކަމަށާއި އަފްޒަލް ހައްޔަރުކުރީ މިދިޔަ ބުދަ ދުވަހުކަމަށް ފުލުހުން ވަނީ ބުނެފައެވެ.