English Edition
Dhivehi Edition
ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި އާންމު މަސައްކަތްތަކާ ބެހޭ ވަޒީރު އާދަމް ޝަރީފް

އައްޑޫ ރައްޔިތުންގެ ހިޔާލު ހޯދުމުގެ ވޯޓެއް ނެގުމުން ދޭހަކޮށްދެނީ ރައްޔިތުން ބާރުވެރިކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ދެއްވާ އަހަންމިއްޔަތުކަން ކަމުގައި މިނިސްޓަރ އޮފް ސިޓީސް، ލޯކަލް ގަވަރންމަންޓް އެންޑް ޕަބްލިކް ވާރކްސް އާދަމް ޝަރީފް ވިދާޅުވެއްޖެއެވެ.

އައްޑޫ ހުޅުދޫ އަދި މީދޫއަށް ރައީސުލްޖުމްހޫރިއްޔާ ކުރައްވަމުންގެންދަވާ ދަތުރުފުޅުގެ ތެރެއިން ޕީއެސްއެމް ނިއުސްއަށް ދެއްވި އިންޓަވިއުއެއްގައި މިނިސްޓަރު ވިދާޅުވީ މި ސަރުކާރުގެ ސިޔާސަތަކީ ރައްޔިތުން ބާރުވެރިކޮށް، ރައްޔިތުން އެދޭ ގޮތަށް ކަންކަން ކުރިއަށްގެންދިއުން ކަމަށެވެ.

މިކަން ދޭހަކޮށްދެނީ އައްޑޫ ހުޅުދޫ އަދި މީދޫ ރައްޔިތުންގެ އެދުމުގެ މަތިން ހިޔާލު ހޯދުމުގެ ވޯޓެއް ނަގައި، ދެ ރަށަށް ވަކި ކައުންސިލްތަކެއް ކަނޑައެޅުމަށް ގަރާރަކުން ރައީސް ޑރ. މުއިއްޒު ނިންމެވުންކަމަށް އާދަމް ޝަރީފް ވިދާޅުވިއެވެ. އަދި ރައްޔިތުން ބާރުވެރިކުރުމަށް ސަރުކާރުން ގެންގުޅޭ ސިޔާސަތުގެ ނަތީޖާއަކީ ރައްޔިތުންގެ ފުރިހަމަ ތާއީދު ސަރުކާރަށް ލިބުންކަމުގައި މިނިސްޓަރު ވިދާޅުވިއެވެ.

މިއަދު ރައީސް ހުޅުދޫ މީދޫ އަށް ވަޑައިގަތުމުން އެ ދެ ރަށުން ވަނީ ރައީސަށް ވަރަށް ހޫނު މަރުހަބާއެއް ކިޔާފައެވެ.