English Edition
Dhivehi Edition
ފޮޓޯ: ފުލުހުން

މަސްތުވާތަކެތީގެ މައްސަލައެއްގައި ރ. ރަސްގެތީމު ގެއެއް ބަލައިފާސްކޮށް 9 މީހުން ހައްޔަރުކޮށްފިއެވެ.

މި 9 މީހުން ވެސް ހައްޔަރުކޮށްފައިވަނީ އެ ގޭގައި މަސްތުވާތަކެތި ބޭނުންކުރަން ތިއްބައެވެ. ފުލުހުން ބުނީ އެ މީހުން ހައްޔަރުކޮށްފައިވަނީ ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން މި ނޮވެމްބަރު މަހުގެ 1 ވަނަ ދުވަހު ހިންގި އޮޕަރޭޝަނެއްގައި ކަމަށެވެ.

ފޮޓޯ: ފުލުހުން

މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ

  1. އަޙްމަދު ނިހާން (23އ) ރ. ހުޅުދުއްފާރު / ލޫނާ،
  2. އިބްރާހީމް ރިޝާމް (36އ) ރ. ރަސްގެތީމު / އިރުދޭމާގެ
  3. އާދަމް ނަސީމް (30އ) ރ. ހުޅުދުއްފާރު / ފަތިސްހަނދުވަރުގެ،
  4. އަމީނާ މުޙައްމަދު (32އ) ޅ. ނައިފަރު / ހަނަފަސްގެ،
  5. އައްޔޫބު އާދަމް (33އ) ރ. ހުޅުދުއްފާރު / އާސްމާނުވިލާ،
  6. ފަރީޙާ ބިންތި ޢަލީ ވަޙީދު (21އ) ހދ. ކުޅުދުއްފުށި / ބީޗްސައިޑް،
  7. އިބްރާހީމް ޢާދިލް (38އ) ރ. ހުޅުދުއްފާރު / ލައިނޫފަރުގެ،
  8. އަޙްމަދު ވިޝާމް (41އ) ރ. ރަސްގެތީމު / އިރުދޭމާގެ،
  9. ޙުސައިން ސަރްޙާން (30އ) ރ. ހުޅުދުއްފާރު / އާސްމާނުވިލާ،

ފުލުހުން ބުނީ ހުޅުދުއްފާރު ޕޮލިސް ޕޯސްޓާއި ރަސްގެތީމު ޕޮލިސް ޕޯސްޓު އަދި ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސް ގުޅިގެން ހިންގި މި އޮޕަރޭޝަންގައި އެ މީހުން ހައްޔަރުކޮށް، އެ ގެ ބަލައިފާސްކުރިއިރު މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެއްހުރި 15 ކަރުދާސްކޮޅާއި ދެ ރަބަރު ޕެކެޓު ފެނިފައިވާ ކަމަށެވެ. އަދި މަސްތުވާތަކެތި ބޭނުންކުރަން ގެންގުޅޭކަމަށް ބެލެވޭ ތަކެއްޗާއި 43500 އަށް ވުރެ ގިނަ ރުފިޔާ ފެނިފައިވާކަމަށް ފުލުހުން ވަނީ ބުނެފައެވެ.

މި މައްސަލައާ ގުޅިގެން ހައްޔަރުކުރި މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން، އަޙްމަދު ނިހާން، އިބްރާހީމް ޢާދިލް އާއި، އާދަމް ނަސީމް އާއި، އިބްރާހީމް ރިޝާމް 10 ދުވަހަށް ބަންދުކުރުމަށް ވަނީ އަމުރުކޮށްފައެވެ. އަދި އަމީނާ މުޙައްމަދު، އައްޔޫބު އާދަމް، ފަރީޙާ ބިންތި ޢަލީ ވަޙީދު، އަޙްމަދު ވިޝާމް، ޙުސައިން ސަރްޙާން 30 ދުވަހަށް ބަންދުކުރުމަށް ވަނީ އަމުރުކޮށްފައެެވެ.

މި މައްސަލަ ފުލުހުން ގެންދަނީ ތަހުގީގުކުރަމުންނެވެ.