ނޮވެންބަރު 3 ސާބިތު ކޮށްދެނީ ޖާނާއި ލެއިން ގުރުބާންވާން ތިބި އަޒުމު ވަރުގަދަ ދަރީން އަބަދުވެސް މި ފަސްގަނޑުގައި ތިބޭނެކަންކަމަށް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުހައްމަދު ވިދާޅުވެއްޖެއެވެ.
މިއަދު ފާހަގަކުރަމުންދާ ނަޞްރުގެ ދުވަހުގެ މުނާސަބަތުގައި ސޯޝަލް މީޑިއާގައި ހިއްސާކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ނޮވެންބަރު 3 ސާބިތު ކޮށްދެނީ ދިވެހީންގެ ކެރުމާއި ހިތްވަރުކަމަށެވެ. އަދި ގައުމަށާއި ދީނަށް އޮތް ލޯތްބާއި ވަފާތެރިކަންކަމަށް ސާޖިދާ ވިދާޅުވިއެވެ.
https://x.com/sajidhaamohamed/status/1985172909103689793
ހަމައެހެންމެ ޖާނާއި ލެއިން ގުރުބާންވާން ތިބި އަޒުމު ވަރުގަދަ ދަރީން އަބަދުވެސް މި ފަސްގަނޑުގައި ތިބޭނެކަންކަމަށާއި، ގައުމީ ކޮންމެ ކަމެއްގައި މިއީ އީމާންތެރި އެއްބައިވަންތަ ބަޔެއްކަން އެކަމަނާ ފާހަގަކުރެއްވިއެވެ.
ސާޖިދާގެ ޕޯސްޓް ނިންމަވާލެއްވީ ތާއަބަދުމެ ނަޞްރާއި ނަސީބު، ފާގަތިކަމާއި ހަމަޖެހުން މި ގައުމުގައި ދެމެހެއްޓެވުން އެދި ދުއާކުރައްވަމުންނެވެ.