އެމްޕީއެލްއާ ދިމާލު ބޭރުން ކޮޅުވެއްޓިއެއް ބަންޑުން ޖަހާލި ހާދިސާގައި ހާލު ދެރަވި ދިވެހި މީހާ މިއަދު ނިޔާވެއްޖެއެވެ.
މ ހާދިސާގައި ނިޔާވި ގއ. ގެމަނަފުށީ، ދިލްބަހާރްގެ، އަލީ އަފްލާހް މުހައްމަދު (25އ)އެވެ.
އެމްޕީއެލްއާ ދިމާ ބޭރުގައި ކޮޅުވެއްޓިއެއް ބަންޑުން ޖަހާލީ އިއްޔެ މެންދުރު ފަހު 15:44ހާއިރު އެވެ. އެ ހާދިސާގައި ހަ މީހަކަށް އަނިޔާވިއެވެ. އެއީ 4 ދިވެހިންނާއި 2 ބިދޭސީންނެވެ. މި ހާދިސާގައި އަފްލާހްގެ އިތުރުން، އިއްޔެ ބަންގްލަދޭޝް ރއްޔިތެއްކަމަށްވާ މަސްއުދު ހުސައިން (32އ) ކިޔާ މީހަކުވެސް ވަނީ ނިޔާވެފައެވެ.
ކޮޅުވެއްޓި ބަންޑުން ޖަހާލުމުގެ ހާދިސާތައް އިތުރުވަމުން އަންނައިރު، މިދިޔަ މަހުވެސް ދިވެއްސަކާ، ތިން ބިދޭސީއަކު ވަނީ ނިޔާވެފައެވެ.