ސްޕެނިޝް ލަލީގާގައި ޑިޕޯޓިވޯ ލަކަރޫނި އާއި އެންމެ ފަހުގެ ލީގު ޗެމްޕިއަން ރިއަލްމެޑްރިޑް ބައްދަލުކުރި މެޗު ފަސޭހަ ކަމާއި އެކު ރިއަލްމެޑްރިޑްއިން ކާމިޔާބު ކޮށްފިއެވެ.
ލީގުގައި މިސީޒަންގައި ދައްކުޅުމެއް ދައްކަމުންގެންދާ ރިއާލް ރޭގެ މެޗު ކާމިޔާބު ކޮށްފައިވަނީ އަމިއްލަ ދަނޑުގައި 7-1 ގެ ނަތީޖާއަކުންނެވެ.
ރޭގެ މެޗުގައި ރިއަލްމެޑްރިޑްގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެންދިޔަ ނަމަވެސް ޑިޕޯޓިވޯއިން ވަނީ މެޗުގެ 23 ވަނަ މިނެޓްގައި ލަނޑެއް ޖަހައި އަމިއްލަ ދަނޑުގައި މޮޅު ކުޅުމެއް ދައްކަމުން ދިޔަ ރިއަލްމެޑްރިޑް ހާސްކޮށްލުވާފައެވެ.މި ލަނޑު ޑިޕޯޓިވޯއަަށް ކާމިޔާބުކޮށްދީފައިވަނީ ލއެޑްރިއަންއެވެ.
ޑިޕޯޓިވޯއިން ލަނޑެއް ޖަހައި މެޗުގެ ލީޑު ހޯދިނަމަވެސް ރިއަލްމެޑްރިޑް އިން ވަނީ ޑިޕޯޓިވޯގެ ގޯލައަށް ފޮނުވަމުން ދިޔަ ހަމަލާތަށް ދެ ގުނަ އިތުރުކޮށް ކުޅުން އިތުރަށް ވަރުގަދަކޮށްފައެވެ.ނަތީޖާއެއްގެ ގޮތުން ރިއަލްއިން ވަނީ ފަހަތުން އަރައި ޑިޕޯޓިވޯ ކޮޅަށް ހަތް ލަނޑު ޖަހައިފައެވެ.
ރޭގެ މެޗުގައި ރިއަލްއަށް މެޗުގެ ނަތީޖާ ހަމަހަމަ ކޮށްދިން ލަނޑު މެޗުގެ 32 ވަނަ މިނެޓުގައި ނާޗޯ ކާމިޔާބުކޮށްދިންއިރު ރިއަލްގެ ދެވަނަ ލަނޑު މެޗުގެ 42 ވަނަ މިނެޓުގައި މާސެލޯ ދިން ބޯޅައަކުން ކާމިޔާބުކޮށްދިނީ ގެރެތު ބޭލްއެވެ.ރޭގެ މެޗުގައި ރިއަލްގެ ފުރަތަމަ ލަނޑު ޖެހުމަށް ވެސް މަގުފަހިކޮށް ދީފައިވަނީ މާސެލޯއެވެ..
މެޗުގެ ދެވަނަ ހާފުގައި ރެއާލުން ވަނީ ފަސް ލަނޑު ޖަހައިފައެވެ. އެ ލަނޑުތައް ރެއާލަށް ކާމިޔާބުކޮށްދިނީ އެ ޓީމުގެ ދެވަނަ ލަނޑުވެސް ކާމިޔާބުކޮށްދިން ބޭލްއާއި ލޫކާ މޮޑްރިޗްއާއި ކްރިސްޓިއާނޯ ރޮނާލްޑޯއާއި ނާޗޯއެވެ. އޭގެ ތެރެއިން ރޮނާލްޑޯ ވަނީ ރެއާލަށް ދެވަނަ ހާފުގެ ތެރޭގައި ދެ ލަނޑު ކާމިޔާބުކޮށްފައެވ
ރޭގެ މޮޅާ އެކު ރެއާލްމެޑްރިޑް އޮތީ 35 ޕޮއިންޓާ އެކު ލީގުގެ ހަތަރުވަނައިގައޮތް އިރު އެއްވަނާގައި އޮތީ 54 ޕޮއިންޓާއިއެކު ރިއަލްއަށް ވުރެ އެއް މެޗުގިނައިން ކުޅެފައިވާ ބާސެލޯނާއެވެ.