English Edition
Dhivehi Edition
އައްޑޫ ސިޓީ ހިތަދޫ

އައްޑޫ ސިޓީ ހިތަދޫގައި ނިޔާވެފައި ތިއްބާ ފެނުނު ދެމަފިރިންގެ ކަށު ނަމާދު ހުކުރު ނަމާދަށްފަހު ބޭއްވުމަށް ހަމަޖައްސައިފިއެވެ.

ހިތަދޫ ޓޫރިޒަމް ޒޯން ސަރަހައްދު ކައިރީގައި ހުންނަ ގެއެއްގައި، ނިޔާވެފައިވާ ތިބި ދެމަފިރިން ފެނުނީ މި މަހުގެ 22 ވަނަ ދުވަހުއެވެ. ނިޔާވެފައި އޮއްވާ ފެނުނީ ހިތަދޫ، ކްރޭނުގޭ އިބްރާހިމް އަބްދުﷲ، (60އ) އާއި އައްޑޫ މަރަދޫ ނާރެސް، ފަރަހްނާޒް ރަޝީދު، (52އ)އެވެ. އެ މީހުންގެ މަރުގެ ސަބަބު ދެނެގަތުމަށް ޕޯސްޓްމޯޓަމް ހެދުމަށް މީގެ ކުރިން މަޝްވަރާކުރެވުނު ނަމަވެސް އާއިލާގެ އެދުމަށް ޕޯސްޓުމޯޓަމް ނަހަދަން ވަނީ ނިންމާފައެވެ.

މިއަދުގެ ހުކުރު ނަމާދަށް ފަހު ދެ މީހުންގެ ކަށު ނަމާދުކުރުމަށް ހަމަޖެހިފައިވާއިރު އިބްރާހިމް އަބްދުﷲ ގެ ކަށު ނަމާދު ކުރުމަށް ހަމަޖެހިފައިވަނީ ހިތަދޫ ހުސައިން މޫސާ މިސްކިތުގައެވެ. އަދި ފަރަހްނާޒް ރަޝީދުގެ ކަށު ނަމާދު ކުރުމަށް ހަމަޖެހިފައިވަނީ މަރަދޫ ބުރުޒު މިސްކިތުގައެވެ.