English Edition
Dhivehi Edition
ފަހިދިރިއުޅުން ކޯޕަރޭޝަނުން އަޅަަމުން އަންނަ ޓަވަރެއް

ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ) އިން ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި ތަރައްގީކޮށްފައިވާ “އަމާން އުދަރެސް” ފްލެޓްތަކުގެ ތެރެއިން ފުރަތަމަ 14 ޓަވަރުގެ ތަޅުދަނޑިތައް މި ހަފްތާގައި ހަވާލުކުރަން ފަށާނެ ކަމަށް އެ ކުންފުނިން ބުނެފިއެވެ.

އެފްޑީސީން ބުނީ ގެދޮރުވެރިޔާ ސްކީމްގެ ފްލެޓްތައް ހަވާލުކުރުމުގެ މަސައްކަތް މި ހަފްތާގައި ފަށާނެ ކަމަށާއި ފުރަތަމަ ހަވާލުކުރާނީ ހުޅުމާލެ ދެވަނަ ފިޔަވަހީގައި ތަރައްގީކުރާ “އަމާން އުދަރެސް” މަޝްރޫއުގެ 16 ޓަވަރުގެ ތެރެއިން 14 ޓަވަރު ކަމަށެވެ.

އިތުރަށް އެފްޑީސީން ބުނީ ތަޅުދަނޑި ހަވާލުކުރަން ނިންމާފައިވަނީ ޓަވަރުތަކުގެ އެއްބަސްވުމުގައި ސޮއިކުރުމަށްފަހު ސެކިއުރިޓީ ޑިޕޮސިޓް ދެއްކުމަށް ގެދޮރުވެރިކަމާ ބެހޭ ވުޒާރާއިން ނަން ފޮނުއްވާފައިވާ މީހުންނަށް ކަމަށެވެ. ޓަވަރުތައް ނިމި، ސެކިއުރިޓީ ޑިޕޮސިޓް ފައިސާ ދައްކަމުންދާ ވަރަކުން ޓަވަރުތައް ހަވާލުކުރުން ކުރިއަށްދާނެކަމަށް އެ ކުންފުނިން ވަނީ ބުނެފައެވެ.

މި ޓަވަރުތަކުގެ މަސައްކަތް ނިމިފައިވާއިރު، ފްލެޓް ހަވާލުކުރާނީ އެއްބަސްވުމުގައި ސޮއިކޮށް ސެކިއުރިޓީ ޑިޕޮސިޓް ދައްކާފައިވާ ފަރާތްތަކަށެވެ.