އައްޑޫގެ އަމިއްލަ ގޯތިތަކުގައި ހައުސިން ޔުނިޓް އަޅަން ބޭނުންވާ މީހުންނަށް އެކަމަށް އެދުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.
އައްޑޫ ސިޓީ ކައުންސިލުން ކުރި އިއުލާނެެއްގައި ބުނީ ސަރުކާރުގެ ބޯހިޔާވަހިކަމުގެ ސިޔާސަތުގެ ދަށުން ރާއްޖޭގެ އެކިކަންކޮޅުތަކުގައި ގެދޮރުވެރިކަމުގެ މަޝްރޫއު ކުރިއަށް ގެންދިއުމުގެ މަސައްކަތްކުރަމުން އަންނަކަމަށެވެ.
އައްޑޫ ސިޓީ ކައުންސިލުން ބުނީ މިމަސައްކަތް ކުރިއަށް ގެންދިއުމަށް ކުރެވުނު ދިރާސާގައި ސޯޝަލް ހައުސިންގެ ޔުނިޓްތަކުގެ ކަނޑައެޅިފައިވާ ސަރަޙައްދުތަކުގެ ބަދަލުގައި އަމިއްލަ ފަރާތްތަކަށް ދޫކުރެވިފައިވާ ގޯތިތަކުގައި ހައުސިންގ ޔުނިޓްތައް ޤާއިމުކޮށް ދިނުމަށް ގިނަ ފަރާތްތަކުން އެދިފައިވާތި، ސަރުކާރުން ވަނީ އަމިއްލަ ގޯތީގައި ހައުސިންގ ޔުނިޓް އެޅުމަށް ބޭނުންވާ ފަރާތްތަކަށް އެފުރުސަތު ހުޅުވާލައިގެން ކުރިއަށް ގެންދިއުމަށް ރާވާފައެވެ.
މިމަޝްރޫޢުގެ ދަށުން އަމިއްލަ ގޯތީގައި ހައުސިން ޔުނިޓް އެޅުމަށް ބޭނުންވާ އައްޑޫސިޓީގެ ހުރިހާ އަވަށްތަކުގައި ދިރިއުޅޭ ފަރާތްތަކުން 30 ސެޕްޓެމްބަރު 2025ވާ އަންގާރަ ދުވަހުގެ 10:00ގެ ކުރިން ފޯމު ފުރުމަށް ކައުންސިލުން ވަނީ އެދިފައެވެ.