English Edition
Dhivehi Edition
އައްޑޫ ސިޓީ ފުޓްބޯޅަ ޓީމް

ރާއްޖޭގެ މީހުން ދިރިއުޅޭ ކޮންމެ ރަށަކުން ފުޓްބޯޅަ ޝަހުސިއްޔަތެއް ހޮވުމަށް ނިންމާފައިވާ ކަމަށް ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން އެކުލަވާލާފައިވާ ޑައިމަންޓް ޖުބިލީ ކޮމިޓީން ބުނެފިއެވެ.

ރާއްޖޭގެ ފުޓުބޯޅައަށް 75 އަހަރުފުރުމާ ގުޅިގެން އެކަން ފާހަގަކުރުމަށް އެކުލަވާލާފައިވާ ޑައިމަންޓް ޖުބިލީ ކޮމިޓީގެ ޗެއާމަން އަލީ ސުޒެއިން ވިދާޅުވީ ބުނީ ރާއްޖޭގެ ފުޓުބޯޅައަށް 75 އަހަރުފުރޭ މުނާސަބާއާއި ގުޅުވައިގެން ވަރަށް ގިނަ ކަންތައްތައް ކުރުމަށް ނިންމާފައިވާކަމަށެވެ. އެގޮތުން ރާއްޖޭގެ ކޮންމެ ރަށަކުން ފުޓުބޯޅަ ޝަހުސިއްޔަތެއް ހޮވުމަށް ނިންމާފައިވާކަމަށާ ފުޓުބޯޅަ ޝަހުސިއްޔަތު ހޮވުމަށް އެރަށެއްގެ ކައުންސިލާއި ޖަމްއިއްޔާތަކުގެ އެހީތެރިކަން ހޯދާނެކަމަށެވެ.

އިތުރަށް ސުޒެއިން ވިދާޅުވީ ފާއިތުވެ ދިޔަ 75 އަހަރުތެރޭގައި ކޮންމެ ރަށަކުންވެސް ފުޓުބޯޅައިގައި ފާހަގަކޮށްލެވޭ ޝަހުސިއްޔަތެއް ހުންނާނެކަމަށާއި މިކަމަކީ ބައެއް ރަށްރަށުގައި ވާދަވެރިކަން ބޮޑުވާނެކަމެއްކަމަށް ގަބޫލުކުރައްވާ ކަމަށެވެ.

ރާއްޖޭގެ ފުޓުބޯޅައަށް 75 އަހަރުފުރުމާ ގުޅިގެން ރާވާފައިވާ އިތުރު ބައެއް ހަރަކާތްތަކުގެ ތެރޭގައި ފުޓުބޯޅައަށް އެންމެ ހިދުމަތްތެރި ރަށެއް ހޮވުމާއި، އަލިމަސްޔޫބީލް އާ ގުޅޭ ލޯގޯއެއް އިފުތިތާހުކުރުމުގެ އިތުރުން މުނާސަބާއާއި ގުޅޭ ލަވައެއް ނެރުމަށްވެސް ވަނީ ހަމަޖައްސާފައެވެ.

1 ކޮމެންޓް
އަހްމަދު
އޮގަސްޓް 23, 2025
75 އހަރު ފުރިގެންދާއިރު ރާއްޖޭގެ ރަށްތަކުގެ ފޫޓްބޯލް ކުރިއަރުވަން ކުރެވުނީ ކޮންކަމެއްތޯ ، އެންމެ ކުޑަމިނުން ފޫޓްބޯލް ކުޅޭނެ ރަގަޅު ދަނޑެއްވެސް އަޅާނުދެވޭ ، އެރަށެއްގެ ބަޔަކު އމިއްލަ އަށް ތަންތަން ސާފްކޮއްގެން އަޑިން ގުޑަން ދަނޑުހަދާގެން ކުޅުނީ ، މިފަދަ ކަމެއްކުރާއިރު މާޒީ ހަދާންކޮށްށް ލަދުގަންނަންޖެހޭނެ.