English Edition
Dhivehi Edition
ފޮޓޯ: ރައްޔިތުންގެ މަޖިލީސް

ރައްޔިތުންގެ މަޖިލީހުގެ މި ހިނގާ ދައުރު އެއްހަފްތާ އަށް ދަންމާލަން ފާސްކޮށްފިއެވެ.

މި ނިންމުން ފާސްކުރެވިފައިވަނީ 59 މެންބަރުންގެ އައުލަބިއްޔަތުންނެވެ. މި ނިންމުމާއި ދެކޮޅަށް 10 މެންބަރަކު ވަނީ ވޯޓު ދެއްވާފައެވެ.

އަދުގެ ޖަލްސާ ފަށްޓަވަމުން ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުالله ވިދާޅުވީ، ރައްޔިތުންގެ މަޖިލީހުގެ ގަވައިދުގައިވާ ގޮތުން މިހާރު މި ހިނގާ ދައުރު ނިމެން އޮތީ އަންނަ ހުކުރު ދުވަހަށް ކަމަށެވެ. އެހެން ނަމަވެސް މި ދައުރުގައި ރައްޔިތުންގެ މަޖިލީހުން ކުރަން މުހިންމު މަސައްކަތްތަކެއް ހުރުމާއެކު މި ހިިނގާ އޮގަސްޓް މަހުގެ 21 ވަނަ ދުވަހުގެ ނިޔަލަށް މި ދައުރުގެ މުއްދަތު އިތުރުކުރުމަށް ގަސްތުކުރައްވާކަން ހާމަކުރައްވާފައެވެ.

މަޖިލީހުގެ ގަވައިދު ބަޔާންކުރާ ގޮތަށް، ހަފްތާއަކު ތިން ދުވަހު ގަވައިދުން މަޖިލީހުގެ ޖަލްސާތައް ބާއްވަން ޖެހެއެވެ.