ޅ.ނައިފަރުން ގެއްލިގެން ހޯދަމުން ދިޔަ ކުއްޖާ ފެނިފައިވާކަމަށް ފުލުހުން ބުނެފިއެވެ.
ފުލުހުން ބުނީ ގެއްލިގެން ހޯދަމުންދަޔަ ނައިފަރު ސީނިޔާގެ، ހަދީޖަތު މައިސަރާ އަބޫބަކުރު ފައިސަލް (15އ) މިރޭ އެ ރަށު މަގުމަތިން ފެނިފައިވާ ކަމަށެވެ.
މައިސަރާ، ނައިފަރުގައި ދިރިއުޅޭ ގެއިން ނުކުމެގެން ގޮސްފައިވަނީ މި އޮގަސްޓު މަހުގެ 2 ވަނަ ދުވަހުގެ 10:25 އެހައިކަންހާއިރު ކަމަށް ފުލުހުން ވަނީ ބުނެފައެވެ.
އެހެންނަމަވެސް މި ހާދިސާ އާއި ގުޅޭ އިތުރު މައުލޫމާތެއް ފުލުހުން ހާމަކޮށްފައެއް ނުވެއެވެ.
ފަހަކަށް އައިސް ކުޑަކުދިން ގެއްލިގެން ފުލުހުންނަށް ރިޕޯޓުކުރާ މައްސަލަ ގިނަ ކަން ފާހަގަކޮށްލެވެއެވެ.