English Edition
Dhivehi Edition
ރައީސް މުއިއްޒު : ފޮޓޯ ރައީސް އޮފީސް

ނުރަސްމީ ދަތުރުފުޅެއްގައި, ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ރާއްޖެއިން ބޭރަށް ވަޑައިގެންފިއެވެ.

ރައީސް އޮފީހުން ބުނީ، އެމަނިކުފާނު ނުރަސްމީ ދަތުރުފުޅެއްގައި ރޭ ވަޑައިގެންފައިވަނީ ސިންގަޕޫރަށް ކަމަށެވެ. މި ދަތުރުފުޅާ ބެހޭ އިތުރު އެއްވެސް މައުލޫމާތެއް ރައީސް އޮފީހުން ހާމަކޮށްފައި ނުވެއެވެ.

ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދައުވަތަކަށް މިދިޔަ ޖޫން މަހުވެސް ރައީސް ވަނީ ސިންގަޕޫރަށް ރަސްމީ ދަތުރުފުޅެއް ކުރައްވާފައެވެ. މި ރަސްމީ ދަތުރުފުޅުގައި އެމަނިކުފާނުގެ އަނބިކަނބަލުން ސާޖިދާ މުހައްމަދު، ވެސް ބައިވެރިވެވަޑައިގެންނެވިއެވެ.

ރައީސް ސިންގަޕޫރަށް ކުރެއްވި އެ ދަތުރުފުޅުގައި ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްއާއި ބައްދަލުކުރައްވާ، ދެ ގައުމުގެ ދެމެދުގައި އިތުރު ދާއިރާތަކުން ގުޅުން ބަދަހިކުރުމާ ގުޅޭގޮތުންވަނީ މަޝްވަރާކުރައްވާފައެވެ.