English Edition
Dhivehi Edition
ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ފޮޓޯ: އިސްލާމިކް މިނިސްޓަރީ

އެމެރިކާއިން، އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދަށް ވިސާ ނުދީ ހިފަހައްޓައިފިއެވެ.

މިނިސްޓަރު ޝަހީމް، އެމެރިކާއަށް ވަޑައިގަތުމަށް ނިންމީ ފަލަސްތީނާއި އިޒްރޭލު މައްސަލައިގައި ހައްލެއް ހޯދުމަށް އދ. ގެ އެންމެ މަތީ ފަންތީގައި ބާއްވާ ބައްދަލުވުމުގައި ބައިވެރިވުމަށެވެ.

އދ. ގެ “ހައި-ލެވަލް އިންޓަނޭޝަނަލް ކޮންފަރެންސް އޮން ދަ އިމްޕްލިމެންޓޭޝަން އޮފް ދަ ޓޫ ސްޓޭޓް ސޮލިއުޝަން” ގައި ރާއްޖެ ތަމްސީލް ކުރައްވާ ވާހަކަ ދެއްކެވުމަށް ހަމަޖެހިފައި އޮތީ ޑރ. ޝަހީމް ނަމަވެސް ޝަހީމަށް ވިސާ ނުދީ ހިފެހެއްޓުމުން އެ ބައްދަލުވުމުގައި ރާއްޖެ ތަމްސީލް ކުރައްވަން މިހާރު ހަމަޖެހިފައި ވަނީ އދ. އަށް ކަނޑައަޅާފައިވާ ދާއިމީ މަންދޫބު ޑރ. އަލީ ނަސީރު މުހައްމަދެވެ.

މައުލޫމާތު ލިބިފައިވާ ގޮތުން އާންމު އުސޫލުން ޝަހީމް ވިސާ އެޕްލިކޭޝަން ހުށަހަޅުއްވާފައި ވަނީ ލަންކާގައި ހުންނަ އެމެރިކާ އެމްބަސީއަށެވެ. ވިސާ އެޕްލިކޭޝަނެއް ރިޖެކްޓު ކުރާނަމަ ނުވަތަ ބަލައިނުގަންނަ ނަމަ އެކަމެއް އެ މީހަކަށް އަންގާ ނަމަވެސް މިހާތަނަށް އައި އިރު ވެސް ޑރ. ޝަހީމްގެ ވިސާ އެޕްލިކޭޝަނަށް ވަކި ޖަވާބެއް ލިބިފައެއް ނުވެއެވެ.