ރަޝިއާގެ އިރުމަތީ ބިތުން ކަންޗަޓްކާ ކިޔާ ސަރަހައްދަށް ރިކްޓާ މިންގަނޑުން 8.8 ގެ ބާރުމިނުގައި އައި ބިންހެލުމާއެކު ޖަޕާނަށް ސުނާމީ އަރަން ފަށައިފިއެވެ.
ކަންޗަޓްކާ އޮންނަ ކަނޑުގެ ސަރަހައްދަކީ، ޕެސިފިކް ރިންގް އޮފް ފަރާ ނުވަތަ ފެސިފިކް ކަނޑުން ގުޅިފައި އޮންނަ ސަރަހައްދެކެވެ.
މޫސުމާއި ބެހޭ އިދާރައިން ބުނީ ބިންހެލުމާއެކު ސުނާމީ އަރަން ފަށާފައި ވާއިރު ޖަޕާނުގެ ހޮކައިޑޯ އަށް 30 ސެންޓިމީޓަރު ނުވަތަ 12 އިންޗި އުސްމިނުގައި ރާޅު އަރާފައި ވާ ކަމަށެވެ.
ޖަޕާނަށް ސުނާމީ އަރަން ފަށާފައިވާއިރު އެމެރިކާގެ ބޮޑުބަޔަކަށް ސުނާމީގެ އިންޒާރުވަނީ ނެރެފައެވެ. ޖަޕާނުގެ އިތުރުން ޗައިނާ، ފިލިޕީންސް، އިންޑޯނީޝިއާ، ގުއާމް، ޕެރޫ، އިކުއެޑޯގެ ގަލަޕެގޯސް އައިލޭންޑްސް އަށް ވެސް ވަނީ އިންޒާރު ނެރެފައެވެ.
މިއީ ނުރައްކާ ނިސްބަތުން ގަދަ 10 އެއްގައި ހިމެނޭ ބިންހެލުމެކެވެ.