English Edition
Dhivehi Edition
މަގޫދޫ އެއާޕޯޓުގެ ފަޔާ އިމާރާތުގެ ބިއްލޫރިތައް ތަޅާލާފައި/ ފޮޓޯ: ސޯޝަލްމީޑިއާ

ފ. މަގޫދޫގައި ތަރައްގީކުރަމުންދާ އެއާޕޯޓަށް ގެއްލުންތަކެއް ދިން މައްސަލަ ފުލުހުން ބަލަން ފަށައިފިއެވެ.

ފުލުހުން ބުނީ މަގޫދޫ އެއާޕޯޓަށް، ރޭގެ ވަގުތެއްގައި ގެއްލުންތަކެއް ދީފައިވާ މައްސަލަ މިއަދު ހެނދުނު 7:47 ހާއިރު ފުލުުހުންނަށް ހުށަހަޅާފައިވާ ކަމަށެވެ.

ފުލުހުން ބުނީ މި މައްސަލަ ފުލުހުންނަށް ހުށަހަޅާފައިވަނީ އެމްޓީސީސީ މަގޫދޫ ސައިޓުގެ ފަރާތުން ކަމަށެވެ.

ގޫދޫގައި ތަރައްގީ ކުރަމުންދާ އެއާޕޯޓްގައި އިމާރާތް ކޮށްފައިވާ އެއާޕޯޓް ފަޔާ އިމާރާތުގެ ވަށައިގެންވާ ބިއްލޫރިތައް ތަޅާލާފައިވާ ކަމާއި އަލިފާން ރޯކުރުމަށް މަސައްކަތްކޮށްފައިވާކަން ފާހަގަކުރެވިފައިވާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުން ގެންދާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.