English Edition
Dhivehi Edition

އުރީދޫ މޯލްޑިވްސްގެ އެޕްލިކޭޝަން މެދުވެރިކޮށް 50ރ. އިން މަތިން ރީޗާޖްކޮށްގެން، ކޮންމެ ހަފްތާއަކުވެސް އަގުހުރި އިނާމެއް ލިބޭ ހާއްސަ ޕްރޮމޯޝަނެއް ފަށައިގެން ކުރިއަށްދާ ކަމަށް އެ ކުންފުނިން ވިދާޅުވެއްޖެއެވެ.

އަންނަ އޮގަސްޓްމަހުގެ ދެވަނަ ދުވަހުގެ ނިޔަލަށް ކުރިއަށް ގެންދާ މި ޕްރޮމޯޝަންގެ ގްރޭންޑް ޕްރައިޒަކީ، ސެމްސަންގް އެސް 25 އަލްޓްރާއެކެވެ.

އުރީދޫ އެޕް މެދުވެރިކޮށް 50 ރުފިޔާއާ ހަމައަށް ރިޗާޖުކޮށްގެން ނުވަތަ 50 ރުފިޔާގެ އެޑް-އޮންއެއް ނަގައިގެން މި ޕްރޮމޯޝަންގައި ބައިވެރިވެވޭނެއެވެ. މި ޕްރޮމޯޝަންގެ މުއްދަތުގެ ތެރޭގައި އެޕް މެދުވެރިކޮށް ރީޗާޖް ކުރާ ކަސްޓަމަރުންގެ ތެރެއިން ކޮންމެ ހަފްތައަކު ހޮވާލެވޭ އެއް ނަސީބުވެރިއަކަށް ކަނޑައެޅިފައިވާ އިނާމުތަކުގެ ތެރޭގައި

  • ސެމްސަންގް ގެލެކްސީ ވޮޗް
  • އެޕަލް ވޮޗް
  • ސެމްސަންގް ގެލެކްސީ ބަޑް
  • ވާވޭ ވޮޗް ބަޑްސް
  • އެޕަލް އެއާޕޮޑްސް
  • އެކްސްބޮކްސް
  • ޖޭބިއެލް ވަޔާލެސް ޕޯޓަބަލް ސްޕީކަރު
  • ޒިއޯމީ ރޮބޮޓް ވެކިއުމް

އުރީދޫން ވަނީ މިއީ، ފަސޭހަކަމާއެކު އަގުހުރި އިނާމުތަކެއް ލިބޭ ރަނުގެ ފުރުސަތެއްކަން ފާހަގަކޮށް އެ ފުރުސަތުގެ ބޭނުން ހިފުމަށް އެދިފައެވެ.

ޓެގު