English Edition
Dhivehi Edition
މިނިވަންދުވާ ގުޅިގެން ޝަމްސުއްދީން ސްކޫލްގެ ދަރިވަރުން މީދޫގައި ބޭއްވި ޕެރޭޑް ހަރަކާތް

ދިވެހިރާއްޖޭގެ މިނިވަންކަމަށް 60 އަހަރު ފާހަގަކުރުމަށް މި އަހަރު އާންމުކޮށް ބޭނުންކުރާނެ ލޯގޯއެއް ފަރުމާކުރުމަށް ދިވެހިބަހާއި ސަގާފަތާއި ތަރިކައާ ބެހޭ ވުޒާރާއިން ހުޅުވާލާފައެވެ.

އެންމެ މޮޅު ލޯގޯ ފަރުމާކުރާ ފަރާތަކަށް 30،000 ރުފިޔާގެ ފައިސާގެ އިނާމެއް ދިނުމަށް ހަމަޖެހިފައިވާއިރު މި އިނާމަށް ވާދަކުރަން ބޭނުންވާ ފަރާތްތަކުން ލޯގޯ ފަރުމާކުރުމަށްފަހު ޖޫން 15ވާ އާދިއްތަ ދުވަހުގެ އޮފީސް ބަންދުކުރުމުގެ ކުރިން ހުށައެޅުމަށް އެ ވުޒާރާއިން ވަނީ އަންގާފައެެވެ.

އިތުރަށް އެ ވުޒާރާއިން ބުނީ އެންމެ މޮޅު ލޯގޯއެއް ކަނޑައަޅާނީ އެކަމަށް ގާއްސަ ފަނޑިޔާރުންގެ ޕެނަލަކުންކަމަށާއި، ލޯގޯ ފަރުމާކުރުމުގައި ބަލަންޖެހޭ މުހިންމު ކަންކަމުގެ ތެރޭގައި ދިވެހި ދައުލަތުގެ އެވޭލާކަމާއި މިނިވަންކަމުގެ 60 އަހަރު ރަމްޒުކޮށްދިނުން ހިމެނޭ ކަން ވާނީ ފާހަގަކޮށްފައެވެ.

“މިނިވަން 60” މި ލޯގޯއަކީ މިނިވަންކަމުގެ 60 އަހަރުގެ ޝިޢާރުގެ ގޮތުގައި ބޭނުންކުރެވޭނެ ލޯގޯއެކެވެ. މިއީ ދިވެހިރާއްޖޭގެ މިނިވަންކަމަށް 60 އަހަރު ފުރޭ އަހަރު ކަމަށްވާތީ، މި އަހަރު ފާހަގަކުރެވޭ ހުރިހައި ހަރަކާތްތަކެއްގައި މި ލޯގޯ ބޭނުން ކުރުމަށް ވަނީ ހަމަޖެހިފައެވެ.