English Edition
Dhivehi Edition
ކުޑަކުދިންގެ ދުވަހުގެ ހަރަކާތުގައި އުރީދޫގައި ދެގަޑިއިރު ކަސްޓަމަރުންނަށް ޚިދުމަތް ދޭން އުޅުނު ކުޑަކުދިންގެ ޓީމު އުރީދޫގެ މުވައްޒަފުންނާއެކު ، ފޮޓޯ/ އުރީދޫ

ކުޑަކުދިންގެ ދުވަސް ފާހަގަކުރުމުގެ ގޮތުން އުރީދޫ މޯލްޑިވްސް އިން “އުރީދޫ ޖޫނިއާސް އޮން ޑިއުޓީ” ގެ ނަމުގައި އެ ކުންފުނީގެ މުވައްޒަފުންނާ އެކު ކޯލް ސެންޓަރު ތަޖުރިބާ ކުރުމުގެ ފުރުސަތު ދީފި އެވެ.

ކުޑަކުދިންގެ ދުވަސް ފާހަގަކުރަން ހިންގި ހަރަކާތުގައި, ދެ ގަޑިއިރު ވަންދެން ކުޑަކުދިން ވަނީ ކޯލް ސެންޓަރުގައި ޚިދުމަތް ދީފައެވެ، މި ހަރަކާތް ކުރިއަށްދިޔައިރު، ކަސްޓަމަރުންނަށް ޚިދުމަތް ދިނުމުގައި އެކުދިން ވަނީ އެކި ގޮތްގޮތަށް ހަރަކާތްތެރިވެފައެވެ.

އެގޮތުން އުރީދޫ އެކްސްޕީރިއަންސް ސެންޓަރަށް ޒިޔާރަތްކުރި ކަސްޓަމަރުންނަށް އެ ކުދިން މަރުހަބާ ކިޔައި، ސުވާލުތަކަށާއި ފޯނު ކޯލްތަކާއި ސޯޝަލް މީޑިއާގައި ކަސްޓަމަރުންގެ މެސެޖުތަކަށް ވެސް ޖަވާބު ދީފައިވެ އެވެ.

އެއީ ޒުވާން ބައިވެރިންނަށާއި ކަސްޓަމަރުންނަށް އުފާވެރިކަމާއި ހިނިތުންވުން ލިބުނު ކަމެއް ކަމަށް އުރީދޫން ބުންޏެވެ. އެފަދަ ހަރަކާތެއް ކުރިއަށް ގެންދިއައީ ކުރިއަށް އޮތް ޖީލު ބާރުވެރި ކުރުވައި އެ ހިދުމަތްތަކަށް ކުޑަކުދިން އަހުލުވެރި ކުރުމަށް ކަމަށް އުރީދޫން ބުންޏެވެ

އެ ހަރަކާތުގައި ބައިވެރިވި ހުރިހާ ކުދިންނާއި ޢާއިލާތަކަށް އުރީދޫން ވަނީ ޝުކުރު އަދާކޮށްފައެވެ. އެ ކުންފުނިން މަސައްކަތް ކުރަމުން ދަނީ ކުޑަކުދިންނާއި ޒުވާނުންގެ ވިސްނުން ތަރުބިއްޔަތުކޮށް، އާ ކަންކަން ދަސްކުރެވޭ ފަދަ ފުރުޞަތުތައް ތަނަވަސްކޮށްދިނުމަށް ކަމަށް އުރީދޫން ވަނީ ބުނެފައެވެ.

ޓެގު