English Edition
Dhivehi Edition

ހ. މިޓާޒްގޭގެ ފުރާޅު މައްޗަށް ހައްވާ ޔުމްނު ވެއްޓުނު ހާދިސާއާ ގުޅިގެން ހައްޔަރުކޮށްފައިވާ ރައުދު އަހްމަދު ޒިލާލްގެ ބަންދަށް އިތުރު 5 ދުވަސް ޖަހައިފިއެވެ.

މި މަހުގެ 24 ވަނަ ދުވަހު ކޯޓު އަމުރެއްގެ ދަށުން ހައްޔަރު ކުރި ރައުދުގެ ބަންދަށް ފުރަތަމަ ޖަހާފައި ވަނީ 5 ދުވަހެވެ. އަދި ރައުދުގެ ބަންދަށް ކްރިމިނަލް ކޯޓުން އިތުރު 10 ދުވަސް ޖަހާފައިވަނީ މިދިޔަ މަހުގެ 30 ވަނަ ދުވަހުއެވެ. މިއަދު އެ މުއްދަތު ހަމަވުމުން ކްރިމިނަލް ކޯޓުން ވަނީ އޭނާގެ ބަންދަށް އިތުރަށް ފަސް ދުވަސް ޖަހައިފައެވެ.

ޔުމްނު ވެއްޓުނު ހާދިސާއާއި ގުޅިގެން ފުލުހުން ރައުދު ބަންދުކޮށްފައިވަކޮށްފައިވާއިރު ޔުމްނު އާއި ހަވާލާދީ އޭނާގެ އާއިލާއިން ވަނީ ރައުދުގެ އިތުރުންވެސް މި މައްސަލައިގައި އިތުރު ބަޔަކު ޝަމިލުވާކަމަށް ބުނެފައެވެ. އަދި ޔުމްނު އަމިއްލައަށް ފުންމާލީ ނޫންކަމަށާއި ބަޔަކު އޭނާ ވައްޓާލީ ކަމަށް ބުނެފައިވާއިރު، އެ ހާދިސާ ހިނގިރޭ ރައުދުގެ އިތުރުން 4 މީހަކު އެތަނުގައި ތިބިކަމަށްވެސް އާއިލާއިން ވަނީ ބުނެފައެވެ.

ފުލުހުން ބުނީ ޔުމްނުގެ ބަޔާން ނެގުމަށް މަސައްކަތް ކުރަމުން އަންނަކަމަށެވެ. އެކަމަކު، ޔުމްނުގެ ސިއްހީ ހާލަތުގެ ސަބަބުން އެ ކަން މިހާތަނަށް ކުރެވިފައި ނުވާކަމަށް ފުލުހުން ވަނީ ބުނެފައެވެ.