English Edition
Dhivehi Edition
ޕީޖީ އައްބާސް ޝަރީފް: ފޮޓޯ/މިހާރު

މާލޭގެ އިމާރާތެއްގެ ނުވަ ވަނަ ފްލޯއިން މި މަހުގެ 18 ވަނަ ދުވަހުގެ ރޭ ވެއްޓުނު ހައްވާ ޔުމްނު ރަޝީދުގެ މައްސަލައިގެ ތަހުގީގުގައި ބައެއް މީހުން ކުޑަކަމުދާތަކެތީގެ ސާމްޕަލް ނުދިން މައްސަލަ ތަހުގީގުކޮށް، ދައުވާކުރަން ފޮނުވަން ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން ފުލުހުންނަށް އަންގައިފި އެވެ.

އެ މައްސަލާގައި ޕީޖީން ނެރުނު ބަޔާނެއްގައި ބުނީ މައްސަލައިގެ ތަހުގީގަށް ހާޒިރުކުރި ބައެއް މީހުން، މަސްތުގެ ހާލަތުގައި ތިބި ކަމަށް ތުހުމަތު ކުރެވުނު ނަމަވެސް އެމީހުންގެ ކުޑަކަމުދާތަކެތި ދިނުމަށް އިންކާރުކޮށްފައިވާތީ ކުޑަކަމުދާތަކެތި ނެގުމުގައި ގާނޫނީ ހުރަސްތަކެއް ކުރިމަތިވެފައިވާކަން ފުލުހުން ފާހަގަކޮށްފައިވާ ކަމަށެވެ.

މި މައްސަލައާ ގުޅިގެން އިރުޝާދުތަކެއް ބުރާސްފަތި ދުވަހު ދިވެހި ފުލުހުންގެ ޚިދުމަތަށް ދީފައިވާނެ ކަމަށާއި އޭގެ ތެރޭގައި، ގާނޫނީ އުސޫލުތަކުގެ ތެރެއިން މީހަކަށް ކުޑަކަމުދާތަކެތި ދޭން އަންގައި، އެތަކެތި ނުދީފިނަމަ، ކުޑަކަމުދާތަކެތި ދޭން އިންކާރުކުރުމުގެ މައްސަލައެއް ގޮތުގައި އެކަން ތަހުގީގުކުރުމަށް އަންގައިފައިވާ ކަމަށް ޕީޖީން ވަނީ ބުނެފައެވެ.

ހައްވާ ޔުމްނު ރަޝީދުގެ މައްސަލާގައި ޝާމިލުވާ އަށް މީހެއްގެ ވަނަވަރު ފުލުހުން ވަނީ މިހާތަނަށް ހާމަކޮށްފައެެވެ. އެއީ:

  • އައިޝަތު ލަޔާލީ އިގުބާލް

  • ރައުދު އަޙްމަދު ޒިލާލް

  • އިޒްދިޔާން މުހައްމަދު މައުމޫން

  • ޔޫސުފް އަހުމަދު އަކްރަމް

  • ޔޫސުފް ޔައްސާރު އަބްދުލްޣަފޫރު

  • އާމިނަތު ޖުނައިރާ ޖަމްޝީދު

  • ހުސައިން ހަމީސް އަލީ

  • އިޖާޒް ޖާއިޒްއެ މައްސަލައާ ގުޅިގެން މިހާތަނަށް ހައްޔަރު ކޮށްފައި ވަނީ ޔުމްނުއާ އެކު އެންމެ ފަހުން އެރޭ އުޅުނު އަދި ޔުމްނު ވެއްޓުނު އިމާރާތުގެ ތެރޭގައި އޭނާއާ އެކު ހަރަކާތްތެރިވި ރައުދު އަހުމަދު ޒިލާލް އެކަންޏެވެ. އެއީ އެ ހާދިސާ ހިނގިތާ ހަ ދުވަސް ފަހުންނެވެ. އޭނާގެ ބަންދާ މެދު ގޮތެއް ނިންމުމަށް ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން ފަސް ދުވަހަށް ބަންދުކުރަން އިއްޔެ ވަނީ އަމުރުކޮށްފަ އެވެ.