English Edition
Dhivehi Edition
ފޮޓޯ: ފުލުހުން

އައްޑޫ ސިޓީ ފޭދޫގައި ގާއިމުކުރާ ރީޖަނަލް ހެޑް ކުއާޓާސްގައި ގަސް އިންދުމުގެ ހަރަކާތެއް ކުރިއަށް ގެންގޮސްފިއެވެ.

މިއަދު ކުރިއަށް ގެންދިޔަ މި ހަރަކާތަކީ ފުލުހުންގެ 92 ވަނަ އަހަރީ ދުވަހާ ގުޅިގެން ކުރިއަށް ގެންދާ މޭވާ ގަސް އިންދުމުގެ ހަރަކާތުގެ ތެރެއިން ކުރިއަށް ގެންދިޔަ ހަރަކާތެއްކަމަށް ފުލުހުން ވަނީ ބުނެފައެވެ.

މި ހަރަކާތުގައި، ކޮމިޝަނަރ އޮފް ޕޮލިސް ޢަލީ ޝުޖާޢުއާއި، އައްޑޫ ސިޓީގައި މަސައްކަތްކުރާ އެހެނިހެން ފުލުހުން ވަނީ ބައިވެރިވެފައެވެ.

ފުލުހުންގެ 92 ވަނަ އަހަރީ ދުވަހާ ގުޅިގެން، ދިވެހިރާއްޖޭގައި ފުލުހުން ގާއިމުވެތިބި ހުރިހާ ސަރަހައްދެއްގައި މޭވާ ގަސް އިންދުމުގެ ހަރަކާތެއް ކުރިއަށް ގެންދިއުމަށް ކޮމިޝަނަރ އޮފް ޕޮލިސް ވަނީ ނިންމަވާފައެވެ.