English Edition
Dhivehi Edition
ޓިކްޓޮކްގެ އިސް ވަފްދުގެ މެންބަރުންނާއެކު ބޭއްވި ބައްދަލުވުމުގެ ތެރެއިން

ސޯޝަލް މީޑިއާ ޕްލެޓްފޯމް ޓިކްޓޮކް ބޭނުން ކުރާ ދިވެހިންނަށް އެ ޕްލެޓްފޯމް މެދުވެރިކޮށް އާމްދަނީ ލިބޭނެ އިތުރު ގޮތްތައް ހޯދުމަށް މިއަދު މަޝްވަރާ ކޮށްފިއެވެ.

މިހާރު ރާއްޖެ އައިސް އުޅޭ ޓިކްޓޮކްގެ އިސް ވަފްދުގެ މެންބަރުންނާއެކު އިކޮނޮމިކް މިނިސްޓްރީން މިއަދު ބޭއްވި ބައްދަލުވުމުގައި ޑިޖިޓަލް މޮނިޓައިޒޭޝަންގެ އާ މަގުތައް ހުޅުވުމަށް ޓިކްޓޮކްއާ ގުޅިގެން ކުރެވިދާނެ ކަންކަމާ ގުޅޭގޮތުން މަޝްވަރާ ކޮށްފައިވެއެވެ.

ފުރިހަމަ އުފެއްދުންތެރި އިގްތިސޯދެއް ބިނާ ކުރުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ މެނިފެސްޓޯގައި ހިމެނޭ މުހިންމު ވައުދެއްކަން ފާހަގަކޮށް އެކޮނޮމިކް މިނިސްޓްރީން ބުނީ ޓިކްޓޮކް މެދުވެރިކޮށް ކޮންޓެންޓް ކްރިއޭޓަރުންނަށް ފައިސާ ލިބޭނެ މަގު ތަނަވަސްވުމުން ޒުވާނުންނަށް އާމްދަނީ ލިބޭނެ އިތުރު ފުރުސަތުތައް ފަހިވެގެން ދާނެކަމަށެވެ.

ޕޭޕަލް އަށް ފައިސާ ޖަމާކޮށް ނެގޭނެ ހިދުމަތް ރާއްޖޭގައި ފަށަން މަސައްކަތްކުރަމުން އަންނައިރު ސޯޝަލް މީޑިއާ އެހެން ޕްލެޓްފޯމް ތަކުން ވެސް ފައިސާ ހޯދޭނެ ގޮތްތަކާ ގުޅޭގޮތުން މަޝްވަރާ ކޮށްފައިވެއެވެ.