އެޕަލް ވޮޗަށް އުރީދޫން ފުރަތަމަ ފަހަރަށް އީސިމްގެ ހިދުމަތް ތައާރަފްކޮށް އެ ކުންފުންޏަށް 20 އަހަރު ފުރުމާ ގުޅުވައި ކެމްޕެއިނެއް ލޯންޗްކޮށްފިއެވެ.
އުރީދު އަށް 20 އަހަރު ފުރުމާ ގުޅުވައި ‘ލިވް އަންލިމިޓެޑް’ ކެމްޕެއިން ލޯންޗުކުރުމަށް އެ ކުންފުނީގެ މައި އޮފީހުގައި ބޭއްވި ރަސްމިއްޔާތެއްގައި އުރީދޫ އިން ވަނީ އެޕަލް ވޮޗަށް އީސިމްގެ ހިދުމަތް ތައާރަފްކޮށްފައެވެ. އަދި އުރީދޫގެ ސުޕަނެޓާއެކު ބޭނުންކުރެވޭ ސްމާޓް ހޯމް ސެކިއުރިޓީ ބަންޑަލެއް ތައާރަފްކޮށްފައިވެއެވެ.
އުރީދޫ އިން ބުނީ އެޕަލް ވޮޗަށް އީސިމްގެ ހިދުމަތް ފުރަތަމަ ހަ މަހު ލިބޭނެ ކަމަށާއި އޭގެ ފަހުން ކޮންމެ މަހަކު އެ ހިދުމަތަށް 199ރ ދައްކަން ޖެހޭނެކަމަށެވެ. އަދި ސުޕަނެޓާއެކު ބޭނުންކުރެވޭ ސްމާޓް ހޯމް ސެކިއުރިޓީ ސިސްޓަމް މެދުވެރިކޮށް ކޮންމެ ތަނެއްގައި ވެސް ހުރެ ގޭގައި ހިނގާ ކަންކަން ބަލާލެވޭނެ ކަމަށް އުރީދޫ އިން ވަނީ ބުނެފައެވެ. މި ސިސްޓަމްގެ އެންމެ ހާއްސަކަމަކީ ކްލައުޑް ސްޓޯރޭޖްގައި ވީޑިއޯ ފުޓޭޖްތައް ބޭނުން ވަރަކަށް ރައްކާކުރެވިގެން ދިއުންކަން އުރީދޫއިން ވަނީ ފާހަގަކޮށްފައެވެެ.
ދެ ހިދުމަތް ތައާރަފްކުރުމުގެ އިތުރުން އުރީދޫން އިއުލާނުކުރި ބައެއް އޮފާތަކަކީ:
އުރީދޫގެ ޗީފް ކޮމާޝަލް އޮފިސަރު ހުސައިން ނިޔާޒް ވިދާޅުވީ ކަނޑު އަޑީގައި ހާއްސަ ހަރަކާތެއް ބޭއްވުމަށް އުރީދޫން ތައްޔާރުވަމުންދާ ކަމަށާއި އެކަން ފަހުގެ ތާރީހެއްގައި އިއުލާންކުރައްވާނެކަމަށެވެ. އިތުރަށް އޭނާ ވިދާޅުވީ ރީދޫގެ މި އަހަރުގެ މަސްރޭސް ބާއްވާނީ ކައުންސިލްތަކާ ގުޅިގެން ކަމަށާއި، އެގޮތުން މަސްރޭހުގައި ބައިވެރިވާން ބޭނުންވާ ރަށްރަށުގެ ކައުންސިލްތަކަށް ޕްރޮޕޯސަލް ހުށަހެޅުމުގެ ފުރުސަތު ދިނުމަށް ހަމަޖެހިފައިވާ ކަމަށެވެ.