English Edition
Dhivehi Edition
އެސްޓީއޯ ހެޑް އޮފީސް - ފޮޓޯ: މުޙައްމަދު ޝަރުހާން

ރާއްޖެއަށް އެތެރެކުރާ ގޭސް ގަތުމުގެ ހުރިހާ ބާރެއް އެސްޓީއޯގެ ދަށަށް ބަދަލުކޮށްފިއެވެ.

މި ބަދަލު ގެނެސްފައިވަނީ ރާއްޖެއަށް ގޭސް އެތެރެ ކުރާ ސަރުކާރުގެ ކުންފުނި، މޯލްޑިވް ގޭސް ޕްރައިވެޓް ލިމިޓެޑުން ގޭހުގެ ޝިޕްމަންޓެއްގެ އެޑްވާންސަށް ދެއްކި ފައިސާ ވީނުވީއެއް ނޭނގި ގެއްލިފައިވާ މައްސަލައެއް ފެންމަތިވުމާއި ގުޅިގެންނެވެ. މިދިޔަ އަހަރުގެ އޮކްޓޫބަރު މަހު ދުބާއީގެ ކުންފުންޏެއް މެދުވެރިކޮށް އެޑްވާންސް ފައިސާގެ ގޮތުގައި ދެއްކި 3.7 މިލިއަން ރުފިޔާ ގެއްލިފައިވާކަން ހާމަކޮށްފައިވަނީ ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީން ބޭއްވި ބައްދަލުވުމުގައި މަޖިލީހުގެ ނައިބު ރައީސް އަދި ދިއްގަރު ދާއިރާގެ މެންބަރު އަހުމަދު ނާޒިމްއެވެ.

ނާޒިމް ވިދާޅުވީ ގޭސް ރާއްޖެއަށް އައިސްފައި ނެތްކަމަށާއި، މިފަދަ ކަންކަން ހިނގަމުންދާތީ ކުންފުނިތަކުގެ ޕްރޮކިއުމަންޓް ޕޮލިސީ އާއި އެހެނިހެން ސިޔާސަތުތައް ޕީސީބީގެ ގަވާއިދުތަކާ އެއްގޮތަށް ހުރިތޯ ޔަގީން ކުރަން ޖެހޭ ކަމަށެވެ. ގޭސް ގަތުމުގެ ހުރިހާ ބާރެއް އެސްޓީއޯގެ ދަށަށް ބަދަލުކުރީ މިފަދަ ކަންކަން ތަކުރާރު ވިޔަ ނުދިނުމަށްކަމަށް ނާޒިމް ވިދާޅުވިއެވެ.