English Edition
Dhivehi Edition

އިންޓަރގްރޭޓެޑް ޓޫރިޒަމް ތަރައްޤީކުރުމަށްޓަކައި ގދ. ހޯނޑެއްދޫގެ އިޚްތިޞާސަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ބަދަލު ގެންނަވައިފިއެވެ. މިގޮތުން ހޯނޑެއްދޫގެ އިޚްތިޞާސްގައި ކުރިން އޮތް”ކަޑެވާރެހާ” އެރަށުގެ އިޙްތިޞާސުން މިހާރު ވަނީ ވަކިކޮށްފައެވެ.

ރައީސް ޑރ. މުޙައްމަދު މުއިއްޒުގެ ގަރާރަކުން ހޯޑެއްދޫގެ އިހުތިޞާސުން ކަޑެވާރެހާ ވަކިކުރީ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނުގެ ދަށުން ރާއްޖޭގެ އެންމެހައި އިދާރީ ދާއިރާތަކުގައި ހިމެނޭ ސިޓީ ކައުންސިލްތަކާއި ރަށު ކައުންސިލްތަކުގެ އިހުތިޞާސް ކަނޑައެޅުމަށް ރައީސުލްޖުމްހޫރިއްޔާއަށް މަތިކޮށްފައިވާ މަސްއޫލިއްޔަތުގެ ދަށުންނެވެ.

ރައީސް އޮފީހުން ވިދާޅުވީ “ކަޑެވާރެހާ” ހޯނޑެއްދޫގެ އިޚްތިޞާސުން ވަކިކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ނިންމެވީ އެމަނިކުފާނުގެ ރިޔާސީ ވަޢުދުފުޅާއި އެއްގޮތަށް އިންޓަރގްރޭޓެޑް ޓޫރިޒަމް އެރަށުގައި ތަރައްޤީކުރުމަށްކަމަށެވެ.

އެމަނިކުފާނު މިގޮތަށް ނިންމަވާފައިވަނީ، ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނުގެ ދަށުން ދިވެހިރާއްޖޭގެ އެންމެހައި އިދާރީ ދާއިރާތަކުގައި ހިމެނޭ ސިޓީ ކައުންސިލްތަކާއި ރަށު ކައުންސިލްތަކުގެ އިޙްތިޞާސް ކަނޑައެޅުމަށް ރައީސުލްޖުމްހޫރިއްޔާއަށް މަތިކޮށްފައިވާ މަސްއޫލިއްޔަތުގެ ދަށުން ނެރުއްވި ޤަރާރެއްގައެވެ.

ހުވަދުއަތޮޅު ދެކުނުބުރީ ހޯނޑެއްދޫގެ އިދާރީ ދާއިރާގެ އިޚްތިޞާޞަށް ގެނައި ބަދަލު ދައްކުވައިދޭ ޗާޓު ޖަދުވަލުކޮށް، މި ޤަރާރު މިހާރު ވަނީ ދިވެހި ސަރުކާރުގެ ގެޒެޓުގައި ޝާއިޢުކުރައްވާފައެވެ.