English Edition
Dhivehi Edition
ސަން ފޮޓޯ

މާލޭގައި 40 އަހަރުގެ މީހަކަށް ހަމަލާދީ، މިރޭ ޒަޚަމުކޮށްލައިފިއެވެ.

ފުލުހުން މީޑިއާތަކާއި ހިއްސާކުރި މެސެޖްގައި ބުނެފައިވަނީ ، ވަޅިން ހަމަލާދީ މީހަކު ޒަޚަމްކޮއްލި މައްސަލައެއް މިރޭ 20:35 ހާއިރު ރިޕޯޓް ކޮށްފައިވާ ކަމަށެވެ. އަދި ޒަޚަމް ވެފައިވަނީ ސަބުދެލިމަގުން ޗާނދަލިޔާ ބުކްޝޮޕް ކައިރީގައި ހުރި އުމުރުން 40 އަހަރުގެ މީހެއްކަމަށް ވެސް ފުލުހުން ބުނެއެވެ.

ޒަޚަމްވި މީހާއަކީ މަސްތުވާތަކެތީގެ ރެކޯޑު އޮތް މީހެއް ކަމަށް ފުލުހުން ބުނި ނަމަވެސް، މައްސަލައާ ގުޅޭ އިތުރު ތަފުސީލެއް ހާމައެއް ނުކުރެއެވެ. އަދި އޭނާއަށް ހަމަލާދީފައިވަނީ ކޮން ބައެއް، ކޮން ސަބަބަކާ ހުރެ ކަމެއްވެސް ފުލުހުން އަދި ނުބުނެ އެވެ.

ފުލުހުން އަންނަނީ މި މައްސަލައާ ގުޅިގެން އިތުރަށް ބަލަން ޖެހޭ ކަންކަން ބަލަމުންނެވެ.