English Edition
Dhivehi Edition
ސްޓެލްކޯ ހެޑް އޮފީސް - ފޮޓޯ: މިހާރު

ހުޅުމާލޭގެ ބައެއް ސަރަހައްދުތަކުން މިއަދު (ހޮނިހިރު ދުވަހު) ކަރަންޓު ކެނޑިދާނެ ކަމަށް ސްޓެލްކޯ އިން ބުނެފިއެވެ.

އެކުންފުނިން ކޮށްފައިވާ އިއުލާނެއްގައި ބުނެފައިވަނީ ކަރަންޓު ކަނޑަނީ އެ ކުންފުނިން ކުރިއަށް ގެންދާ ޑިސްޓްރިބިއުޝަން ނެޓްވޯކުގެ ކޮންމެހެން ކުރަންޖެހޭ މަސައްކަތެއް ކުރުމަށް ޓަކައި ކަމަށެވެ.

އެގޮތުން ހޮނިހިރު ދުވަހު ހަވީރު ހުޅުމާލޭ ފޭސް 1 އަދި 2 ގެ ބައެއް ސަރަހައްދުތަކުން ކަރަންޓުގެ ޚިދުމަތް ކުޑަ ވަގުތުކޮޅަކަށް ކަނޑާލެވޭނެކަމަށް ސްޓެލްކޯއިން ވަނީ ބުނެފައެވެ.

ކަރަންޓު ކަނޑާލަން ނިންމާފައިވަނީ ހުޅުމާލޭ ފުރަތަމަ ފިޔަވަހީގެ ނެއިބާހުޑް 1 އަދި 2 އިންނެވެ. ދެވަނަ ފިޔަވަހީގެ ހިޔާ ފްލެޓް 9 އަދި 16 އިންވެސް ކަރަންޓު ކެނޑޭނެއެވެ. މީގެ އިތުރުން ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ހުންނަ ދިރާގު ސީއެލްއެސް ބިލްޑިންގުން ވެސް އެވަގުތު ކަރަންޓު ކެނޑިގެންދާނެއެވެ.

ކަރަންޓު ކެނޑުމަށް ހަމަޖެހިފައިވަނީ ހޮނިހިރު ދުވަހު ހަވިރު 18:00 އިން 18:15 އަށެވެ.

އެކުންފުނިން ވަނީ އެ ވަގުތު ތަކުގައި ރައްޔިތުންނަށް ދިމާވެދާނެ ދަތިތަކަށް މައާފަށް އެދިފައެވެ.