އުރީދޫ އިން މި ރަމަޟާން މަހަށް ހާއްސަކޮށްގެން ކުރިއަށް ގެންދާ ކަރާ ފެޅުމުން އަގުހުރި އިނާމުތަކުގެ ތެރޭގައި ހިމެނޭ ވެކިއުމް ކްލީނާ ފާތިމަތު ރިޝްފާއަށްލިބިއްޖެއެވެ.
މި ވެކިއުމް ކްލީނާ މިހާރު ހަވާލުކޮށްފައިވާއިރު އުރީދޫ އިން ބުނީ ރިޝްފާގެ ފަރާތުން އިނާމާއި ހަވާލުވެފައިވަނީ އައިޝަތު އިޝާ ކަމަށެވެ. ކަރާ ފަޅައިގެން ކޮންމެ ދުވަހަކުވެސް އަގުހުރި އިނާމުތައް ހޯދުމުގެ ފުރުސަތު އުރީދޫގެ ކަސްޓަމަރުންނަށް ލިބިގެން ދާނެ ކަމަށް އުރީދޫ އިން ވަނީ ބުނެފައެވެ.
https://x.com/ooredoomaldives/status/1904442890081927311?s=48
އުރީދޫއިން ބުނީ މި ރަމަޟާން މަހު ކުރިއަށް ގެންދާ ކަރާ ފެޅުމުގައި އެޕްގައި އެކްޓިވް އެންމެނަށް ޓެޕް ކުރެވޭނެކަމަށެވެ. އަދި ކަރާ ފަޅައިގެން ކޮންމެ ދުވަހަކު ހިލޭ ޑޭޓާ އެޑް އޮންސްވެސް ލިބިގެން އުރީދޫ އިން މިފަހަރު ދޫކުރާ ހާއްސަ އިނާމުތަކުގެ ތެރޭގައިވެކިއުމް ކްލީނާ، ނިންޓެންޑޯ ސްވިޗް އަދި އެޕަލް ވޮޗް ފަދަ އަގުހުރި ގިނަ އިނާމުތަކެއް ހިމެނެއެވެ.
މީގެ އިތުރުން ގްރޭންޑް ޕްރައިޒް ލިބޭ ފަރާތަކަށް އަގުހުރި 10 އެޕަލް ޕްރޮޑަކްޓްސްގެ ބަންޑަލްއެއް ލިބިގެންދާނެކަމަށް އުރީދޫ އިން ވަނީ ބުނެފައެވެ، މި ބަންޑްލްގައި ހިމެނެނީ :އެޕަލް އައިފޯން 16 ޕްރޯ، މެކްބުކް އެއާ، އެއާޕޮޑްސް 4، އެޕަލް ވޮޗް، އެޕަލް ޓީވީ، އެޕަލް ހޯމްޕޮޑް، އެޕަލް އައިޕެޑް، އެޕަލް ޕެންސިލް އަދި އެއާޕޮޑްސް މެކްސް – 65 ޓީވީ އެވެ