މަގާމުގެ ނުފޫޒު ބޭނުން ކޮށްގެން ބިދޭސީން އަތުން ނާޖާއިޒު ފައިދާ ހޯދަމުންދާ ކަމުގެ ތުހުމަތުގައި ހައްޔަރުކުރި ދެ މީހުންގެ ޕާސްޕޯޓް ހިފަހައްޓާ އާއިލާ މެންބަރެއްގެ ފޯނު ހިފަހައްޓައިފިއެވެ.
މަގާމުގެ ނުފޫޒު ބޭނުން ކޮށްގެން ބިދޭސީން އަތުން ނާޖާއިޒު ފައިދާ ހޯދަމުންދާ ކަމުގެ ތުހުމަތުގައި މިދިޔަ ބުރާސްފަތި ދުވަހު އިމިގްރޭޝަންގެ ތިން މުވައްޒަފަކު ވަނީ ހައްޔަރަކޮށްފައެވެ، އަދި އެމީހުން ދިރިއުޅޭ ތަން ބަލާ ފާސްކޮށްފައިވާއިރު ފުލުހުން ދެ އޮފިސަރެއްގެ ފުރުން މަނާކުރީ ކޯޓު އަމަރެއްގެ ދަށުން ކަމަށެވެ.
މީގެ އިތުރުން ކުރީގެ އިމިގްރޭޝަން ކޮންޓްރޯލާ މުހައްމަދު ޝައްމާން ވަހީދުގެ އާއިލާ މެންބަރެއްގެ ފޯނު ވެސް ކޯޓު އަމުރެއްގެ ދަށުން ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާކަމަށް ފުލުހުން ވަނީ ބުނެފައެެވެ.
މައްސަލައިގައި ހައްޔަރު ކުރި އޮފިސަރުންގެ ބަންދާއި މެދު ގޮތެއް ނިންމުމަށް އިއްޔެ ކޯޓަށް ހާޒިރު ކުރުމުން ދެ މީހަކު 10 ދުވަހަށް އަދި އަނެކަކު 3 ދުވަހަށް ބަންދު ކުރުމަށް ވަނީ އަމުރުކޮށްފައެވެ. އަދި ދި ޝަމްއާން 15 ދުވަހަށް ބަންދު ކުރުމަށް ކޯޓުން ވަނީ އަމުރުކޮށްފައެވެ.
އިމިގްރޭޝަންގެ ޑިޓެންޝަނަށް ގެންދިޔަ ބިދޭސީއަކު 530،000ރ ދިނުމުން ދޫކޮށްލީ ޝައްމާންގެ އަމުރަކަށް ކަމަށް ފުލުހުން ތުހުމަތުކޮށްފައިވާއިރު އެ ބިދޭޭސީ މީހާ ދޫކޮށްލުމަށް ފަހު، އޮޕަރޭޝަން ހިންގި އޮފިސަރުން މަގުމަތިން ބިދޭސީ މީހާއާ ބައްދަލުކޮށް އެ ފައިސާ ޝައްމާންގެ ގެއަށް ގެންދިޔަ ކަމަށް ވެސްވަނީ ތުހުމަތުކޮށްފައެވެ.