English Edition
Dhivehi Edition

އިންޑިއާގެ ނިއު ދިއްލީގައި ބޭއްވުމަށް ހަމަޖެހިފައިވާ ރައިސީނާ ޑައިލޮގްގެ 10 ވަނަ އެޑިޝަންގައި ބައިވެރިވެވަޑައިގަތުމަށް ފޮރިން މިނިސްޓްރު ޑރ. އަބްދުﷲ ޚަލީލް މިރޭ އިންޑިއާއަށް ފުރާވަޑައިގެންފިއެވެ.

އެ ދަތުރުފުޅުގައި ފޮރިން މިނިސްޓްރީގެ ޑިރެކްޓަރު އަޙްމަދު ސުޒިލްއާއި ޑިރެކްޓަރު ޢާއިޝަތު ޝަހުލާ ވަނީ ބައިވެރިވެވަޑައިގެންފައެވެ

މި ދަތުރުފުޅުގައި ޚާރިޖީ ވަޒީރު ޑރ. އަބްދުﷲ ހަލީލް، 10ވަނަ ރައިސީނާ ޑައިލޮގްގެ ތެރެއިން ކުރިއަށްދާ ހައި ލެވެލް ޕެނަލް ޑިސްކަޝަންގައި ވާހަކަފުޅުދެއްކެވުމަށް ވަނީ ހަމަޖެހިފައެވެ. އެ ޕެނަލް ޑިސްކަޝަންގެ މައުޝޫއަކީ “ކްލައިމެޓް ކެޓަކްލިޒަމް: ދި އެޑަޕްޓޭޝަން އެޖެންޑާ އިޒް ގޭސްޕިން” ޟީ މައުޟޫއެވެ.

ރައިސީނާ ޑައިލޮގްއަކީ އިންޑިއާގައި ހިންގާ ތިންކްޓޭންކްއެއް ކަމަށްވާ އޮބްޒާވާ ރިސާޗް ފައުންޑޭޝަނާއި އެ ގައުމުގެ އެކްސްޓާނަލް އެފެއާޒް މިނިސްޓްރީން އަހަރަކު އެއްފަހަރު ބާއްވާ، ބައިނަލްއަގުވާމީ ސިޔާސަތާއި ސްޓްރެޓެޖިކް މަޝްވަރާތަކަށް ޚާއްޞަކޮށްފައިވާ އެންމެ މަތީ ފަންތީގެ ފޯރަމެވެ.

މިއަހަރުގެ ރައިސީނާ ޑައިލޮގް ކުރިއަށްދާނީ މިމަހުގެ 17 އިން 19 އަށް އިންޑިއާގައެވެ.