English Edition
Dhivehi Edition
ރޯދަ ހަދިޔާގެ ގޮތުގައި ބަހާ މަސްދަޅު ކޭސްތައް -- ފޮޓޯ/އެސްޓީއޯ

އަންނަ އަންގާރަ ދުވަހުން ފެށިގެން މަސްދަޅު ކޭސް ބަހާނީ މިފްކޯގެ ފިހާރަތަކުންކަމަށް ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި ޢާންމު މަސައްކަތްތަކާ ބެހޭ ވަޒީރު އާދަމް ޝަރީފް ޢުމަރު ވިދާޅުވެއްޖެއެވެ.

މިކަމާ ގުޅިގެން އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވަޒީރު އާދަމް ޝަރީފް ވިދާޅުވީ، މިރޭ ވެސް މިހާރެކޭ އެއްގޮތަށް 13 މަރުކަޒުން މަސްދަޅު ކޭސް ދޫކުރާނެ ކަމަށެވެ.

މިރަމަޟާން މަހަށް ގޭބިސީތަކަށް ރޯދަ ހަދިޔާގެ ގޮތުގައި ސަރުކާރުން ދެއްވާ މަސްދަޅު ކޭސް ބެހުމުގެ މަސައްކަތުގެ އަދާހަމަ ހިއްސާކުރައްވަމުން ޢާންމު މަސައްކަތްތަކާ ބެހޭ ވަޒީރު އާދަމް ޝަރީފް ޢުމަރު ވިދާޅުވީ މިހާތަނަށް އައިއިރު މާލެ ސަރަހައްދުގެ 48،000 ގޭބިސީއަކަށް ރޯދަ ހަދިޔާ ފޯރުކޮށްދީފައިވާ ކަމަށެވެ.

މިހާތަނަށް ގިނަ މީހުންނަށް ރޯދަ ހަދިޔާ ދޫކުރެވިފައި ވުމުން، އަންނަ އަންގާރަ ދުވަހުން ފެށިގެން މަސްދަޅު ކޭސް ދޫކުރާނީ ހަމައެކަނި މިފްކޯގެ ފިހާރަތަކުން ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. މާލެ އަދި ހުޅުމާލޭގައި ހުރި މިފްކޯގެ ހަތަރު ފިހާރަ ހުޅުވާފައި ހުންނަ ގަޑި ތަކުގައި މަސްދަޅު ކޭސް ދޫކުރުން ކުރިޔަށްދާނެއެވެ.

ވަޒީރު ވިދާޅުވީ މިފްކޯގެ ފިހާރަތަކުން މަސްދަޅު ކޭސް ދޫކުރި ނަމަވެސް ކޭސް ދޫކުރާނީ އޮންލައިން ޓޯކަން ނިޒާމުގެ ތެރެއިން ކަމަށެވެ. އަދި ބޭނުންވާ ހުރިހާ ފަރާތްތަކަށް ލިބެންދެން މަސްދަޅު ކޭސް ބެހުން ކުރިޔަށްދާނެކަމަށް މިނިސްޓަރު ލިޔުއްވާފައި ވެއެވެ.