ހުޅުމާލެ ގެއަކުން 14 ކިލޯއަށް ވުރެ ގިނަ މަސްތުވާތަކެއްޗާއެކުގައި ހައްޔަރު ކުރި އަންހެން މީހާގެ ބަންދުގެ މުއްދަތު އިތުރު ކޮށްފިއެވެ.
މިމައްސަަލައިގައި ހައްޔަރު ކުރި ހއ. ތުރާކުނު، އާހިޔާ، މަރްޔަމް ޒީނާ (23އ) ހައްޔަރުކުރީ މިދިޔަ މަހުގެ 21 ވަނަ ދުވަހުގަ އެވެ. އޭނާގެ ބަންދު މުއްދަތު އިއްޔެއަށް ހަމަވެ ކްރިމިނަލް ކޯޓަށް ހާޒިރުކުރި އެވެ. ކްރިމިނަލް ކޯޓުން ވަނީ އޭނާގެ ބަންދަށް އިތުރު 15 ދުވަސް ޖަހައިފަ އެވެ.
އެ އެޕާޓްމަންޓުން ފެނުނު މަސްތުވާތަކެތީގެ ބާވަތްތައް ވެސް ކްރިމިނަލް ކޯޓުގެ އަމުރުން އެނގުނެވެ. އަމުރުގައި ބުނެފައިވާ ގޮތުން އެއީ 12.28 ކިލޯގެ މެތާއި 1.58 ކިލޯގެ ހެރޮއިނެވެ.
މިމައްސަލައާއި ގުޅިގެން ބަލަން ޖެހޭކަންކަން ބަލައި، މައްސަލަ ތަހުގީގު ކުރަމުން އަންނަ ކަމަށް ފުލުހުން ވަނީ ވިދާޅުވެފައެވެ.