އޭނާގެ ބަންދު އަމުރުގައި ބުނެފައިވާ ގޮތުގައި އޭނާ ހައްޔަރު ކޮށްފައިވަނީ މިދިޔަ ބުރާސްފަތި ދުވަހުގެ ހެނދުނު 11:40 އެހާކަންހާއިރު، މަގުމަތީގައި ހުރެގެން އޭނާގެ އަތުގައި އޮތް ސިނގިރޭޓް ރޯކުރަން އުޅެނިކޮށެވެ.
އޭނާ ހައްޔަރުކޮށް މާފަންނު ޕޮލިސް ސްޓޭޝަނަސް ގެންގޮސް އެތަނުގެ ހޯލްޑިން ރޫމުގައި ބަހައްޓާފައި ހުއްޓާ، އެތަނުގެ ހުރި ގޮނޑީއެއްގެ އަތްގަނޑުގައި ހުރި އިސްކުރު ނައްޓައި، އަތްގަނޑު ނައްޓައި އެތަނުގައި ހުރި ދޮރުގެ ތަޅަށް އޭނާ ގެއްލުން ދީފައިވާ ކަމަށް ވެސް ބަންދު އަމުރުގައި ވަނީ ބުނެފައެވެ.
މީނާގެ ބަންދު ލޮގަށް ބަލާއިރު، ކުށުގެ ތުހުމަތުގައި 48 ފަހަރެއްގެ މަތިން ހައްޔަރުކޮށްފައި ވެއެވެ. އޭގެ ތެރެއިން 25 ފަހަރު ބަންދަށް ބަދަލުކޮށްފައި ވެއެވެ. އެހެންކަމުން އޭނާ އެއީ ކުށުގެ ވެށީގައި އުޅޭ މީހެއްކަން ކޯޓުން ފާހަގަކޮށްފައި ވެއެވެ.