English Edition
Dhivehi Edition
އައްޑޫ ސިޓީގެ ގުޅިފައިވާ ރަށްރަށަށް ކަރަންޓްދިނު،ަށް މިދިޔަ މަހު ގެންދިޔަ 1.8 މެގަވޯޓުގެ ޖެންސެޓް އިންސްޓޯލްކުރުމުގެ ތެރެއިން

އައްޑޫ ސިޓީގެ ކަރަންޓު ކެނޑޭ މައްސަލަ ބޮޑުވެފައިވާއިރު، އަންނަ ހަފުތާގައި އެ ސިޓީއަށް 1.8 މެގަވޯޓުގެ ޖަނެރޭޓަރެއް ފޮނުވަން މަސައްކަތް ކުރަމުން އަންނަ ކަމަށް ފެނަކަ ކޯޕަރޭޝަނުން މިއަދު ބުނެފިއެވެ.

ފެނަކައިން އައްޑޫއަށް އިތުރު ޖަނެރޭޓަރެއް ފޮނުވަން ނިންމާފައިމިވަނީ އިއްޔެ ހަވީރުން ފެށިގެން އައްޑޫ ސިޓީގެ ހުރިހާ އަވަށްތަކުން ގަޑިއަކު އެއްފަހަރު ކަރަންޓު ކެނޑޭނެކަމަށް ނޯޓިސް ދެމުން އަންނަ މައްސަލައިގައި ރައްޔިތުން ކަންބޮޑުވުން ފާޅުކުރަމުން ގެންދަނިކޮށެވެ.

އައްޑޫއަށް ދިމާވެފައިވާ ކަރަންޓުގެ މައްސަލަ ރޯދައަށް ހައްލުކުރެވޭނެ ކަމަށް ރޯދައިގެ ކުރިން ސަރުކާރުން ވަނީ ބުނެފައެވެ. އަދި އައްޑޫ ސިޓީގައި 1.8 މެގަވޯޓުގެ ޖެނަރޭޓަރު ސެޓެއް އިންސްޓޯލްކޮށް، އެ ސިޓީގެ ގުޅިފައިވާ ރަށްތަކަށް ދިމާވެފައިވާ ކަރަންޓު ކެނޑުމުގެ މައްސަލަ ހައްލުކޮށްފައި ވަނީ ނިމިދިޔަ ފެބުރުވަރީ މަހުގެ 21ވަނަ ދުވަހުއެވެ. އެހެންނަމަވެސް މައްސަލަ ހައްލުނުވެ ރޯދަ މަހު އަނެއްކާވެސް ހަމަ ކުރިއެކޭ އެއްގޮތަށް ގަޑި ބަހާލައިގެން އެކި ސަރަހައްދުތަކުން ކަރަންޓު ކަނޑަން ވަނީ ފަށާފައެވެ.

މި މައްސަލައާއި ގުޅިގެން ފެނަކައިން ބުނީ، މިހާރު އެ ސިޓީގައި ހުރި އިންޖީނުގޭގެ ވެންޓިލޭޝަން ރަނގަޅުކޮށްގެން ޖަނަރޭޓަރު ސެޓުތަކުގެ ޕާފޯމަންސް ރަނގަޅު ކުރުމުގެ މަސައްކަތް ފަށާފައިވާކަމަށެވެ. އަދި އެ މަސައްކަތް ކުރުމަށް ރާއްޖޭން ބޭރުން ބައެއް ތަކެތި ގެންނަން ޖެހޭ ކަމަށާއި އެހެންވެ، އެކަމަށް މަހެއްހާ ދުވަސް ހޭދަވާނެ ކަމަށް ވެސް ފެނަކައިން ވަނީ ބުނެފައެވެ.

އައްޑޫ ސިޓީން ކަރަންޓު ކެނޑޭ މައްސަލައަށް ޒަމާންތަކެއް ވެފައިވާއިރު، ކަރަންޓު ކެނޑޭ މައްސަލަތަކުގެ ތެރޭގައި ފެނަކައިން ފާހަގަކުރަނީ ކަރަންޓަށް އޮންނަ ޑިމާންޑު ބޮޑުވުމާއި މަގު ހެދުން ފަދަ މަސައްކަތްތަކުގައި ކޭބަލްތަކަށް ގެއްލުންވުމެވެ.