ބޭނުންވާ ތަކެތި
3 ވައް ދޮންކެޔޮ
2/1 ޖޯޑު ފުށް
2 މޭޒުމަތީ ސަމުސާ ހިކި ކިރު
2 ޖޯޑު ކާރިނަގާ ހިމުންކޮށް ފުނޑު ކޮށްފައި ހުރި ޕާން
2 ސައި ސަމުސާ ބޭކިންގ ޕައުޑަރ
4 ބިސް ގިރާފައި
2/1 ޖޯޑު ހަކުރު
1 ސައި ސަމުސާ ބައި ވެނީލާ އެސެންސް
ތެޔޮ
ދިޔާކިރު
ތައްޔާރު ކުރާނެ ގޮތް
ފުށާއި، ،ބޭކިންގ ޕައުޑަރ އެއްކޮށް އަދި ހިކި ކިރު އެއްކޮށް ފުރާނާލާށެވެ.
ދޮންކެޔޮ ގޮށް ނުހުންނަ ވަރަށް މޮޑެފައި ޕާންކޮޅު ވެސް އެއްކޮށްފައި ބިހާއި އެސެންސްވެސް އެއްކޮށް ފައި ރަނގަޅަށް މޮޑެލާށެވެ .
ފުުރާނާފައި ހުރި ފުށް ބައި ވެސް އެއާއި އެއްކޮށްފައި ކިރު ފޮދެއް އެއްކޮށްގެން ރަނގަޅަށް ގުޅަ ވަށާލެވޭ ވަރަށް މޮޑެލާށެވެ.
ތަވާ އުނދުން މައްޗަށް އުދާލާށެވެ.
ހަކުރުކޮޅު ތަވާޔަށް އަޅާފައި ހިތިރަހަނުދޭ ވަރަށް ކެރެމަލް ކޮށްފައި މޮޑުނުބައި ކެރެމަލް ގަނޑާއި އެއްކޮށްލާށެވެ.
މަޑު ގިނީގައި ބަހައްޓައިގެން ދޭފަތުން ހަލަމުން ދެބައި ރަނގަނޅަށް އެއްކޮށްލާށެވެ.
އުނދުން މަތިން ބޭލުމަށްފަހު ކުދިކޮށް ގުޅަތައް ވަށާލައި އޮމާންކޮށް ލާށެވެ .
ތަވާ އުނދުން މައްޗަށް އުދާލާށެވެ.
ތެޔޮއަޅާފައި ކެކުމުން ގުޅަތައް އަޅާފައި މަޑު މުށިކުލަ އަރާވަރަށް ތެލުލާށެވެ . ވެނީލާ ކްރީމް އާއި އެއްކޮށް ސާރވް ކުރާށެވެ.