English Edition
Dhivehi Edition
ރައީސް މުއިއްޒު ރައްޔިތުންގެ މަޖިލިހަށް މިއަދު ރިޔާސީ ބަޔާން އިއްވަވަނީ.---ފޮޓޯ: މަޖިލިހުގެ އިދާރާ

ދިވެހި ކޮންމެ ހައްޖާޖީއަކަށް އިތުރު 1،750 ޑޮލަރުގެ ލިމިޓެއް ހަމަޖައްސައިދިނުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު އެދިވަޑައިގެންފިއެވެ.

ރައީސް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވަނީ ހައްޖާޖީންނަށް ޑޮލަރު ލިމިޓު އިތުރުކޮށްދިނުމަށް ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގައި އެދިވަޑައިގެންފައިވާކަން ހާމަކުރައްވާފައެވެ.

މިއަހަރު ހައްޖަށްދާ ފަރާތްތަކަށް ބޭންކްގެ ރަސްމީ ރޭޓުގައި ޑޮލަރު ހޯދުމުގައި ލުއި ފަސޭހަ ހައްލެއް ހަމަޖައްސައިދިނުމަށް މަސައްކަތް މި ސަރުކާރުން ކުރަމުން އަންނައިރު ކޮންމެ ހައްޖު ވެރިއެއްގެ ބޭންކް އޮފް މޯލްޑިވްސް ޑެބިޓް ކާޑަށް، މިހާރު އޮންނަ ޑޮލަރުގެ ލިމިޓުގެ އިތުރުން 1750 އެމެރިކާ ޑޮލަރުގެ ލިމިޓެއް ހަމަޖައްސައި ދިނުމަށް އެދިވަޑައިގެންފައިވާނެކަމަށް ރައީސްވަނީ ވިދާޅުވެފައެވެ.

ހައްޖުވެރިންނަށް ލުއިތަކެއް ހޯދައިދިނުމަށް ސަރުކާރުން އަންނަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.