ޝަރީއަތާއި ގާނޫނުގެ ދާއިރާއިން ރައްޔިތުންގެ މަޖިލީހުގެ މެންބަރުން މަތީ ތައުލީމަށް ތަމްރީނު ކުރުމުގެ ޕްރޮގްރާމެއް ފަށައިފިއެވެ.
ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވާސިޓީ އާއި ރައްޔިތުންގެ މަޖިލީސް ގުޅިގެން ފަށާފައިވާ މި ފްރޮގްރާމަކީ އެޑްވާންސްޑް ސެޓްފިކެޓް އިން ޝަރީ އެންޑް ލޯ ކޯހެކެވެ. މި ކޯހަކީ 1 އަހަރު ދުވަހުގެ މުއްދަތަށް ހިންގުމަށް ހަމަޖެހިފައިވާ ކޯހެކެވެ.
މި ކޯހުގެ ބައިވެރިންނާއި، ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނާއި މަޖިލީހުގެ އިދާރާގެ އިސްވެރިންނާއި ޔުނިވާސިޓީގެ އިސްވެރިން އަދި ކޯހުގައި ކިޔަވަދޭ ލެކްޗަރަރުންނާއެކު ބޭއްވި ބައްދަލުވުމުގައި މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވީ މިފަދަ ކޯހެއް ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަށް ހިންގައިދިނުމަށް އެދިވަޑައިގެންނެވި މައިގަނޑު ބޭނުމަކީ 20 ވަނަ ރައްޔިތުންގެ މަޖިލީހަކީ މަތީ ތައުލީމު ހާސިލުކޮށްފައިވާ އިލްމީގޮތުން ގާބިލު މެންބަރުންތަކެއް ތިބި ތަނަކަށް ހެދުން ކަމަށާއި އަދި އިލްމީ މަސައްކަތްތަކެއް ކުރާ ނަމޫނާ މަޖިލީހެއްގެ ގޮތުގައި ހެދުންކަމަށެވެ
މި ކޯހުގެ ބައިވެރިންނާއި، ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނާއި މަޖިލީހުގެ އިދާރާގެ އިސްވެރިންނާއި ޔުނިވާސިޓީގެ އިސްވެރިން އަދި ކޯހުގައި ކިޔަވަދޭ ލެކްޗަރަރުންނާއެކު ބޭއްވި ބައްދަލުވުމުގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވީ މިފަދަ ކޯހެއް ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަށް ހިންގައިދިނުމަށް އެދިވަޑައިގެންނެވި މައިގަނޑު ބޭނުމަކީ 20 ވަނަ ރައްޔިތުންގެ މަޖިލީހަކީ މަތީ ތައުލީމު ހާސިލުކޮށްފައިވާ އިލްމީގޮތުން ގާބިލު މެންބަރުންތަކެއް ތިބި ތަނަކަށް ހެދުން ކަމަށެވެ. އަދި އިލްމީ މަސައްކަތްތަކެއް ކުރާ ނަމޫނާ މަޖިލީހެއްގެ ގޮތުގައި ހެދުންކަމަށް އަބްދުއްރަހީމް ވިދާޅުވިއެވެ.