English Edition
Dhivehi Edition

ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ހުންނަ ސްޓެލްކޯ ބްލޫރިޖް ފްލެޓް ޓަވަރެއްގެ 9 ވަނަ ފަންގިފިލާއިން މީހަކު ވެއްޓި ނިޔާވެއްޖެއެވެ.

ފުލުހުން ވިދާޅުވީ، ހުޅުމާލެ ފޭސް ދޭއްގައި ހުންނަ ސްޓެލްކޯ ސީ ޓަވަރު ބިއްދޮށް ފަޅީގައި މީހަކު ވެއްޓިފައި އޮއްވާ ފެނިގެން ފުލުހުން ހަރަކާތްތެރިވާން ފަށާފައިވާ ކަމަށެވެ.

އުމުރުން 31 އަހަރުގެ ދިވެހި ފިރިހެންމީހާ ވެއްޓުނީ ސްޓެލްކޯ ފްލެޓު އިމާރާތުގެ ނުވަ ވަނަ ބުރީގައި ހުރި އެޕާޓްމަންޓެއްގެ ބެލްކަނީންނެވެ

މި ހާދިސާގަައި ނިޔާވެފައިވަނީ ހ.ގިނިރާހިއާގެ އިބްރާހިމް ޝަރަފު (24އަހަރު) ކަމަށް ފުލުހުން ވިދާޅުވެއެވެ.

ފުލުހުން މިހާރު ދަނީ އެ ސަރަހައްދުގައި ހަރަކާތްތެރިވަމުންނެވެ.