ލ. އަތޮޅު ރިސޯޓެއްގެ އިސް މަގާމެއްގައި ހުރި މީހަކަށް ހަމަލާދީ މާރާމާރީ ހިންގި މައްސަލައެއް ފުލުހުން ބަލަން ފަށައިފި އެވެ.
ފުލުހުން މީޑިއާތަކާ ހިއްސާކުރި މެސެޖެއްގައި ބުނީ، ލ އަތޮޅުގައި ހިންގާ ރިސޯޓެއްގެ އިސް މަގާމެއްް އަދާކުރާ މީހަކު ބައިސްކަލެއްގައި ދަނިކޮށް ފަހަތުން މީހަކު އައިސް ބޮލުގައި އެއްޗަކުން ޖަހައި، މާރާމާރީއެއް ހިންގި މައްސަލައެއް އިއްޔެ ފުލުހުންނަށް ހުށަހަޅާފައިވާ ކަމަށެވެ.
މައުލޫމާތު ލިބޭ ގޮތުގައި ހަމަލާ ދީފައިވަނީ އެ އަތޮޅުގައި ހިންގާ ސިކްސް ސެންސަަސް ލާމު ރިސޯޓުގެ ޖެނެރަލް މެނޭޖަރަށެވެ.
މި މައްސަލައާ ގުޅިގެން މިހާތަނަށް މީހަކު ހައްޔަރުކޮށްފައިނުވާ ކަމަށާއި މައްސަލަ ތަހުގީގު ކުރަމުން އަންނަ ކަމަށް ފުލުހުން ބުނެއެވެ.